މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް-19 އާއި ގުޅިގެން ކައުންސިލް އިދާރާއިން ޚިދުމަތްދޭނެ ގަޑިއާ ގުޅޭ

އިޢުލާން

 

              ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޯވިޑް 19 ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅުއްވާފައިވާ މުހިއްމު ގިނަ ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރުގެ އޮފީސްތަކާއި އިދާރާތައް ބަންދުކޮށްފައިވާ ދުވަސްތަކުގައި ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ރައްޔިތުންނަށް ދިނުމަށްޓަކައި ސަރުކާރު ބަންދުވެފައިވާ މި ދުވަސްތަކުގެ ތެރެއިން ހުކުރު ހޮނިހިރު ފިޔަވާ 12 އެޕްރީލް 2020 ވާ އާދިއްތަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް ހެނދުނު 10:00 އިން 12:00 އަށް މިކައުންސިލް އިދާރާ ހުޅުވާ ޢާއްމުންނަށް ކޮންމެހެން ދޭންޖެހޭޚިދުމަތްތައް ދިނުމަށް ވަނީ ހަމަޖައްސަވާފައެވެ. 

                މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                  08  އެޕްރީލް  2020  

08 އޭޕްރިލް 2020
ހޯދާ