ދިވެހިރާއްޖެ
އިއުލާން
ގއ ކޮލަމާފުށީ ދެއަވަށުގެ މަސްވެރީންގެ ހިޔާތަކުން އޮޑިދޯނި ފަހަރު މަރާމާތު ކުރުމަށްޓަކައި ބޭނުންވާ ވަގުތީ ކަރަންޓް ދޫކުރުމާއިބެހޭ
އޮޑިދޯނި ފަހަރު މަރާމާތު ކުރުމަށްޓަކައި ބޭނުންވާ ވަގުތީ ކަރަންޓް ދޫކުރުމާއިބެހޭ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމުގެ މަޤުޞަދުގައި " ގއ ކޮލަމާފުށީ ދެއަވަށުގެ މަސްވެރީންގެ ހިޔާތަކުން އޮޑިދޯނި ފަހަރު މަރާމާތު ކުރުމަށްޓަކައި ބޭނުންވާ ވަގުތީ ކަރަންޓް ދޫކުރުމާއިބެހޭ އުސޫލު" ގެ ނަމުގައި ތައްޔާރުކޮށްފައިވާ އުސޫލު، ކައުންސިލްގެ 10/2020 ވަނަ އާއްމު ބައްދަލުވުމުން ވަނީ ފާސްކޮށްފައެވެ. އަދި 2020 އޭޕްރިލް 05 ވަނަދުވަހު ގެޒެޓްކުރެވިފައިވާ، މިއުސޫލާއި އެއްގޮތަށް މިއަދުން ފެށިގެން ޢަމަލުކުރުމަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، މިއަދުން ފެށިގެން މި ޚިދުމަތް ބޭނުންފުޅުވާ ފަރާތްތަކުން މިކަމާއި ގުޅޭ ހުއްދައަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު، ކައުންސިލްގެ ހުއްދަލިބިގެން މި ޚިދުމަތުގެ ބޭނުންކުރެއްވުމަށް ދަންނަވަމެވެ. އަދި މިގޮތަށް ޢަމަލު ނުކުރައްވާ ފަރާތްތަކާއިމެދު އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފިޔަވަޅުއެޅޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރ 6820017 ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.