ދިވެހިރާއްޖެ
| 
 އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕް 2021  | 
| 
 
 މިމިނިސްޓްރީގެ ނަންބަރު: (IUL)475-Schol/475/2020/60 (02 މާރިޗް 2020) އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ. 
 އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕްގައި 2021 ވަނަ އަހަރު ކިޔަވަން ފަށަން އެދޭ ފަރާތްތަކަށް އެސްކޮލަރޝިޕަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު 30 ޖޫން 2020 ގެ ނިޔަލަށް އިތުރު ކުރެވިފައިވާކަމަށް ކޮލަމްބޯގައި ހުންނަ އޮސްޓޭލިއާ އެވޯޑްސް އޮފީހުންވަނީ އަންގަވާފައެވެ. އަދި މިތާރީޚަށް އިތުރު ބަދަލެއް އަންނަ ކަމުގައިވާނަމަ އޮސްޓްރޭލިއާ އެވޯޑްސް – މޯލްޑިވްސް ގެ ވެބްސައިޓް https://australiaawardsmaldives.org/ އާއި، އޯސިސް ވެބްސައިޓް https://oasis.dfat.gov.au/އިން އެމަޢުލޫމާތު ލިބޭނެއެވެ. 
 އޮސްޓްރޭލިއާ އެވޯޑްސްގެ ދަށުން ކިޔެވުމަށް ފުރުޞަތު ހުޅުވާލާފައިވަނީ މާސްޓަރސް ފެންވަރަށެވެ. އަދި މިސްކޮލަރޝިޕަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް ސްކައިޕް މެދުވެރިކޮށް ކޮންމެ ބުދަ ދުވަހެއްގެ ހެނދުނު 10:00 އަދި ރޭގަނޑު 20:00 ގައި ބޭއްވުމަށްވެސްވަނީ ހަމަޖެހިފައެވެ. ވީމާ، މިސެޝަންތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ދަރިވަރުން https://australiaawardsmaldives.org/how-to-apply-2020/ ގައި ރަޖިސްޓްރީވުމަށް ދެންނެވީމެވެ. 
 މިކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލައިކުރެވޭނެ ދާއިރާތަކާއި އިތުރު މައުލޫމާތު މިއިޢުލާނާއިއެކު މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިން ލިބެން ހުންނާނެއެވެ. އަދި https://australiaawardsmaldives.org އިން ވެސް މަޢުލޫމާތު ލިބޭނެއެވެ. 
 * މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން އެ ޔުނިވަރސިޓީއަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ ޔުނިވަރސިޓީއެއްތޯއާއި ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ. 
  | 
