މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ރާއްޖެއިން ބޭރުގައި ތިއްބަވާ ދިވެހިނަށް ކާގޯގެ ގޮތުގައި ތަކެތި ފޮނުވުމާ ގުޅޭ

 

މިނިސްޓްރީ އޮފް ފޮރިން އެފެއާރޒް

މާލެ، ދިވެހިރާއްޖެ.

ނަންބަރ: IUL)25-C1/25/2020/26) 

އިޢުލާން

 

ރާއްޖެއިން ބޭރުގައި ތިއްބަވާ ދިވެހިނަށް ކާގޯގެ ގޮތުގައި ތަކެތި ފޮނުވުމާ ގުޅޭ

 

ކޮވިޑް-19 އާއި ގުޅިގެން ސްރީލަންކާގައި ދިރިއުޅޭ ދިވެހިންގެ ގިނަ އަދަދެއްގެ ބަޔަކަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއްތަކެތި ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، މިފަދަ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސްރީލަންކާއަށް މޯލްޑިވިއަން އިން ކުރުމަށް ހަމަޖެހިފައިވާ ކާގޯ ފްލައިޓް ތަކުގައި ދިވެހި ޢާއިލާތަކުން ފޮނުވަން ބޭނުންވާ ތަކެތި ހިލޭ، ފޮނުވައިދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

 

 މިގޮތުން، ކޮންމެ ހަފްތާއެއްގެ އާދިއްތާ ދުވަހަކު ސްރީލަންކާއަށް ކާގޯފްލައިޓް ދަތުރުކުމަށް ހަމަޖެހިފައިވާތީ، މި ޢިއުލާނާ އެކުގައިވާ އުސޫލާއި އެއްގޮތަށް، ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވުމަށް ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ފޯރމް ހުށަހެޅުމަށް އެދެމެވެ.

 

ވެބްސައިޓް ލިންކް: /https://www.foreign.gov.mv/index.php/en

 

 

06 ޝަޢުބާން 1441

30 މާރިޗް 2020

30 މާރިޗު 2020
ހޯދާ