މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ވާދޫ ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

 

ރ.ވާދޫ ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 

ރ. ވާދޫ ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު (IUL)299/299/2020/07 (04 މާރޗް 2020) އިޢުލާނާއި ގުޅޭ ގޮތުން ދަންނަވަމެވެ.

 

މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ސުންގަޑި ހުށަހަޅުއްވަންޖެހޭ ފަހުގެ ތާރީޚަކީ 2020މާރޗް 30 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ކަމުގައި ބަޔާންކޮށްފައި ވީނަމަވެސް، ކޮވިޑް-19 އާއި ގުޅިގެން ދެ ހަފުތާގެ މުއްދަތަށް ސަރުކާރު ބަންދުކޮށްފައިވާތީ، އަންދާސީ ހިސާބު ހުށަހަޅަންޖެހޭ މުއްދަތު އިތުރު ކޮށްދެވިފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ ދެން އެންމެ އަވަހަށް ސަރުކާރު ހުޅުވޭ ދުވަހުން ފެށިގެން 05 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގު ހުށަހަޅުއްވުމަށް، ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ، ތަމްޞީލްކުރައްވާ ފަރާތުގެ ސިޓީއެއް ގެންނަވަން ވާނެއެވެ.

29 މާރިޗު 2020
ހޯދާ