ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޮވިޑް19 އާއި ގުޅިގެން އިދާރާތައް ބަންދުކޮށްފައިވާ މުއްދަތުގައި ކޯތުން ޚިދުމަތްދިނުމުގައި އަމަލުކުރާނެ ގޮތް

ކޮވިޑް-19 އާއި ގުޅިގެން ދައުލަތުގެ އިދާރާތައް ބަންދުކުރެއްވުމަށް ނިންމަވާފައިވާ މުއްދަތުގައި މިކޯޓުން ޚިދުމަތްދިނުމުގައި އަމަލުކުރާނެ ގޮތް.

ކޮވިޑް-19 އާއި ގުޅިގެން މިހިނގާ މާރިޗް މަހުގެ 19 އިން 26  އަށް ދައުލަތުގެ އިދާރާތައް ބަންދުކުރައްވާފައިވި ނަމަވެސް އަންނަނިވި މައްސަލަތައް މި ދުވަސްތަކުގައިވެސް މިކޯޓަށް ބަލައިގަތުމަށް ނިންމާފައިވާ ކަމުގައި ދަންނަވަމެވެ.

  1. ގެވެށި އަނިޔާއާއި ގުޅޭ މައްސަލަތަކާއި އަމުރުތައް.
  2. ކުޑަކުދިންގެ ޙައްޤުތަކާގުޅޭ މައްސަލަތަކާއި އަމުރުތައް.
  3. ވަކި މުއްދަތެއްގެ ތެރޭގައި ހުށަހަޅަންޖެހޭ މައްސަލަތަކާއި، އަދި މިނޫންވެސް އެމައްސަލައަކީ އަވަހަށް ފިޔަވަޅުއަޅަންޖެހޭ މައްސަލައެއްކަމަށް ކޯޓަށް ފެންނަ މައްސަލަތައް.

މަތީގައި ދަންނަވާފައިވާ މައްސަލަތައް ކޯޓަށް ހުށަހެޅުއްވުމާ ގުޅޭގޮތުން ނުވަތަ އިދާރީ އެހެންކަމަކާ ގުޅޭގޮތުން މަޢުލޫމާތު ހޯދަންޖެހިއްޖެ ނަމަ ގުޅުއްވާނެ ފަރާތްތަކުގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.

  • ލީގަލް އޮފިސަރ ނިހާޒާ މުހައްމަދު ރަޝީދު (ފޯން ނަންބަރ 6841605)
  • އެޑްމިނިސްޓްރޭޓިވް އޮފިސަރ އާމިނަތު އަފްޝީނާ (ފޯން ނަންބަރ 6841031)

މައްސަލައެއް ހުށަހެޅުމަށް ނުވަތަ ޝަރުއީ އަދި އިދާރީ ކަންކަމުގައި ފޮނުވަންޖެހޭ ލިޔުންތައް ފޮނުވާނީ މިކޯޓުގެ އީ-މެއިލް: [email protected] އަށެވެ.

19 މާރިޗު 2020
ހޯދާ