ދިވެހިރާއްޖެ
ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ހިންނަވަރު، ދިވެހިރާއްޖެ.
އިޢުލާން
ޑައިވިންގ ސްކޫލެއް ހިންގުމަށް ބިން ދޫކުރުމާއި ބެހޭގޮތުން ކުރި އިޢުލާންގައިވާ ޕްރޮޕޯސަލް ބަލައިގަތުމަށް ހަމަޖެހިފައިވާ ތާރީޚް ބަދަލުވުން
ވޯޓަރ ސްޕޯރޓްސް ސެންޓަރ އަކާއި ޑައިވިންގ ސްކޫލެއް ހިންގުމަށް ބިން ދޫކުރުމާއިބެހޭގޮތުން ކުރި ނަންބަރު (IUL)326/PRIV/2020/1 ( 8 ޖެނުއަރީ 2020 ) އިޢުލާން ބާޠިލްކޮށް، ޅ. ހިންނަވަރު ރީތި ބީޗް ސަރަޙައްދުގައި ޑައިވިންގ ސްކޫލެއް ހިންގުމަށް ބިން ކުއްޔަށް ހިފުމަށް ފުރުޞަތު ހުޅުވާލައި ކުރި ނަންބަރު (IUL)326/326/2020/11(12 މާރިޗު 2020) އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.
މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 (ކޮރޯނާ ވައިރަސް) ރާއްޖެއިންވެސް ފެނިފައިވުމާއެކު އެ ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރު މުއައްޞަސާތައް 19 މާރިޗު 2020އިން ފެށިގެން 26 މާރިޗު 2020އަށް ބަންދުކުރުމަށް ހަމަޖެހިފައިވާތީ، މި މުއްދަތުގައި ޕްރޮޕޯސަލް ބަލައިގަތުމަށް ހަމަޖެހިފައިވާ އިޢުލާންތަކުގެ ޕްރޮޕޯސަލް ބަލައިގަތުން ދެން އޮންނާނީ ސަރުކާރު ރަސްމީކޮށް ހުޅުވޭ ދުވަހާއި ޖެހިގެން އަންނަ ރަސްމީދުވަހެއްގެ 10:00ގައެވެ. މިހެންވެ ޕްރޮޕޯސަލް ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
23 ރަޖަބު 1441
18 މާރިޗު 2020