ދިވެހިރާއްޖެ
ނަންބަރު: (IUL)138-AS7/138/2020/4
އިޢުލާން
ދިވެހިރާއްޖޭގައި COVID-19 ފެތުރުން ކޮންޓްރޯލްކޮށް، ޢާންމު ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ޤާނޫނު ނަންބަރު 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު)ގެ ދަށުން އަޅަންޖެހޭ ޚާއްސަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމަށްޓަކައި، ސަރުކާރު އޮފީސްތައް 19 މާރިޗު 2020 ން ފެށިގެން ބަންދުކުރުމަށް ސަރުކާރުން ނިންމަވާފައިވާތީ، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެކަމަށް ސަރުކާރުން ލިޔުން ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބޯހިޔާވަހިކަން ހަމަނުޖެހޭ ފަރާތްތަކުން އެކަމާއި ގުޅޭ ލިޔުންތައް މި މިނިސްޓްރީއަށް ހުށަހެޅުމަށް އަންގާ މި މިނިސްޓްރީން 24 ފެބްރުއަރީ 2020 ގައި ކޮށްފައިވާ މި މިނިސްޓްރީގެ ނަންބަރު (IUL)138AS7/138/2020/3 އިޢުލާންގެ ދަށުން މި މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހުށަހެޅުމަށް ދީފައިވާ މުއްދަތު ސަރުކާރު ހުޅުވޭ ތާރީޚުން ފެށިގެން 3 (ތިނެއް) ދުވަހުގެ މުއްދަތަށް އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
23 ރަޖަބު 1441 ހ.
18 މާރިޗު 2020 މ.