ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
02 ޓަނުގެ ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ކޮށްފައިވާ އިޢުލާންގެ މުއްދަތު އިތުރުކުރުން

އިޢުލާން

ތާރީޚް:

18 މާރޗް 2020

ނަންބަރު:

(IUL)401-E/401/2020/17

23 ރަޖްބް 1441

އިޢުލާންގެ ވަނަ:

02

02 ޓަނުގެ ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ކޮށްފައިވާ އިޢުލާންގެ މުއްދަތު އިތުރުކުރުން

 

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން 01 ހަފްތާގެ މުއްދަތަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެން މިކައުންސިލަށް 02 ޓަނުގެ ޕަވަރގޭޓް ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު (IUL)401-E/401/2020/14 (11 މާރޗް 2020) އިޢުލާނުގެ މުއްދަތު ތިރީގައިވާ ގޮތަށް އިތުރުކޮށްފީމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓަރީވުމާއި ބީލަންފޯމާއި ބީލަމުގެ މަޢުލޫމާތު ކަރުދާސް ދޫކުރުން

-          ބީލަންފޯމް ގަތުމަށް ފައިސާ ދެއްކޭނެ އެންމެފަހުގެ ތަރީޚް:  01 އޭޕްރީލް 2020 (ބުދަ).

-          ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވެވޭނީ ބީލަން ފޯމް ގަތުމަށް ފައިސާ ދެއްކުމުން.

-          ބީލަންފޯމް ވިއްކާނީ ސަރުކާރު ބަންދުނޫން ދުވަސްތަކުގައި ހެނދުނު 8:00 – 1200 އަށް.

-          ބީލަން ހުށަހަޅާފޯމާއި މަޢުލޫމާތުކަރުދާސް މިއިދާރާގެ ވެބްސައިޓް www.fonadhoo.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ޕިކަޕް ގަތުމަށް ފުރަތަމަ ކުރެވުނު އިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

 

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

ބީލަން ހުށަހަޅާނީ 05 އޭޕްރީލް 2020 (އާދީއްތަ) ދުވަހުގެ 13:00 ގައި ލ. ފޮނަދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި އޮންނަ ބީލަން ބައްދަލުވުމުގައެވެ.

ބީލަން ހުޅުވާނީ ބީލަން ހުށަހަޅާ ގަޑީގައި ބީލަން ހުށަހެޅި ފަރާތްތަކުގެ ޙާޟިރުގައެވެ.

ހުށަހަޅާ ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

 

އިތުރު މަޢުލޫމާތު

މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯނު: 6800082

އީމެއިލް: [email protected]

18 މާރިޗު 2020
ހޯދާ