މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
01 އަހަރު ދުވަހުގެ މުއްދަތަށް އައްޑޫ ނޭޗަރ ޕާރކުގެ ވިޒިޓަރސް ސެންޓަރގެ ސެކިއުރިޓީ ބަލަހައްޓައި އިމާރާތާއި ވަށައިގެންވާ ސަރަހައްދު ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނާއި ގުޅޭ

 ބީލަން ހުޅުވުން ފަސްކުރުން

12 މާރިޗު 2020 ގައި 01 އަހަރު ދުވަހުގެ މުއްދަތަށް އައްޑޫ ނޭޗަރ ޕާރކުގެ ވިޒިޓަރސް ސެންޓަރގެ ސެކިއުރިޓީ ބަލަހައްޓައި އިމާރާތާއި ވަށައިގެންވާ ސަރަހައްދު ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ޕަބްލިޝްކޮށްފައިވާ (IUL)438/1/2020/9 ނަންބަރު އިޢުލާނުގައިވާ ގޮތުން ބީލަން ހުޅުވަން ހަމަޖެހިފައިވާ 19 މާރިޗު 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައެވެ. ނަމަވެސް މި ދުވަހަކީ ބަންދު ދުވަހަކަށްވެފައި ޖެހިގެން އޮތް ހަފުތާއަކީވެސް ސަރުކާރު ބަންދު ހަފުތާއަކަށްވާތީވެ މި މަސައްކަތުގެ ބީލަން ހުޅުވުން ފަސްކުރެވިފައިވާކަން އާއްމުކޮށް އަންގާ އިއުލާނުކުރަމެވެ. 

ބީލަން ހުޅުވުން

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 30 މާރިޗު 2020 ވާ ހޯމަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ނަމަވެސް ސަރުކާރުގެ ބަންދުގެ މުއްދަތު އިތުރުކޮށްފިނަމަ، ބީލަން ހުޅުވާނީ އެންމެ އަވަހަށް ސަރުކާރު ހުޅުވޭ ދުވަހެއްގެ 11:30 ގައެވެ.ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

ބީލަމުގެ މުއްދަތަކީ ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 03 މަސްދުވަސް ކަމުގައިވާންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

01 އަހަރު ދުވަހުގެ މުއްދަތަށް އައްޑޫ ނޭޗަރ ޕާރކުގެ ވިޒިޓަރސް ސެންޓަރގެ ސެކިއުރިޓީ ބަލަހައްޓައި އިމާރާތާއި ވަށައިގެންވާ ސަރަހައްދު ސާފުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާނު ނަންބަރު: IUL)438/1/2020/9)

 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.

18 މާރިޗު 2020
ހޯދާ