ދިވެހިރާއްޖެ
އިޢުލާން |
މަޤާމް: |
ރިސޯސް މުދައްރިސް. |
ކިޔަވައިދޭ މާއްދާ: |
ތަޤްނިޔާތުއްތަޢުލީމް، ތަރުބިޔާ އަމަލިއްޔާ، ޠުރުޤުއްތަދުރީސް، މަޢާނިލް ޤުރުއާން، އިއުޖާޒް، ކޮމްޕިއުޓަރ، އަހްވާލުއްޝަޚްސިއްޔާ. |
ބޭނުންވާ އަދަދު: |
02 ( ދޭއް ) |
މަޤާމުގެ ޝަރުތު: |
|
މަޤާމުގެ ގިންތި: |
ވަގުތީ |
މުއްދަތު: |
1 އަހަރު. |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒާއި މަރްކަޒުގެ ގޮފިތައް |
މުސާރަ: |
އެމް. އެން. ކިޔު. އެފް ލެވެލް 3، 4، 5، ނުވަތަ 6 ގެ ސަނަދެއް ހާސިލްކުރައްވާފައިވާނަމަ ގަޑިއަކަށް -/150 ރުފިޔާ. އެމް. އެން. ކިޔު. އެފް ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކުރައްވާފައިވާނަމަ ގަޑިއަކަށް -/200 ރުފިޔާ. އެމް. އެން. ކިޔު. އެފް ލެވެލް 9 ނުވަތަ 10 ގެ ސަނަދެއް ހާސިލްކުރައްވާފައިވާނަމަ ގަޑިއަކަށް -/350 ރުފިޔާ. |
މައިގަނޑު މަސައްކަތް: |
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒާއި މަރްކަޒުގެ ގޮފިތަކުގައި ލެވަލް އަދި ޑިގްރީ ކޯސްތަކަށް ކިޔަވައިދިނުން. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި އިންޓަވިއުއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
ވަޒީފާއަށް އެދޭ ފޯމު ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.nchq.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 އޭޕްރިލް 2020 ވާ އާދިއްތަ ދުވަހުގެ 13.30 ގެ ކުރިން، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 06 އޭޕްރިލް 2020 ވާ ހޯމަ ދުވަހާއި 05 މޭ 2020 ވާ އަންގާރަ ދުވަހާއި ދެމެދު، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރްކަޒުން ކަނޑައަޅާ ތަނެއްގައެވެ. |
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިތުރު މައުލޫމާތު:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3019300 ، 3019319) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. |