ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވަރ

އިޢުލާނު

ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ މިދަންނަވާ މަޤާމަށް މީހަކުބޭނުންވެއެވެ.

މަޤާމް:

ޑްރައިވަރ

މަޤާމް ނަމްބަރ:

J-222203

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހުވަދުއަތޮޅު ދެކުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ ގދ.ތިނަދޫ

މުސާރަ:

-/3470 ރުފިޔާ (ތިންހާސް ހަތަރުސަތޭކަ ހަތްދިހަ ރުފިޔާ)

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ (އެއްހާސް ރުފިޔާ)

އެހެނިހެން އެލަވަންސް:

  1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  4. ސިވިލްސަރވިސްގެ މުވައްޒފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ -/1200 ރުފިޔާ (މަހަކު)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ތިނަދޫ ކައުންސިލުގެ ޕިކަޕް ތަކާއި ވޭންތައް އަދި ކްރޭންތައް އަބަދުވެސް ދަތުރުކުރެވޭނެ ޙާލަތެއްގައި ބޭއްވުން.
  2. ވެހިކަލްތަކަށް އިންޖީނަށް ގަޑިން ގަޑިޔަށް ދޭންޖެހޭ ސާރވިސް ދިނުމާއި،ކަނޑައެޅިފައިވާ ޝެޑިއުލާއި އެއްގޮތަށް ތެޔޮ ބަދަލުކުރުމާއި މި ނޫނަސް ބަދަލުކުރަންޖެހޭ އެހެނިހެން ތަކެތި ހޯދައި ހަމަކޮށް ވެހިކަލްގެ މެއިންޓަނެންސް ޤަވާއިދުން ބެލެހެއްޓުން.
  3. ވެހިކަލްތަކަށް ލިބޭ ކޮންމެ ގެއްލުމެއް ކަމާބެހޭ މުވައްޒަފުންނަށް ވަގުތުން އެންގުން.
  4. ކައުންސިލްގެ އިދާރާއިން އެކި ތަންތަނަށް ކުރަންޖެހޭ ދަތުރުތައް ކުރުމާއި،މާލެއިން ނުވަތަ އެހެނިހެން މުވައްސަސާއުކުން އަންނަ ބޭފުޅުން ގޮވައިގެން ކުރަންޖެހޭ ދަތުރުތައް ކުރުން.
  5. ވެހިކަލްތަކުގެ އަހަރީ ފީ އާއި ރޯޑްވާދިނަސް ހަމައަށް ހުރިތޯ ބަލައި،އަހަރީ ފީ އާއި ރޯޑްވާދިނަސް ހަމަކުރުމުގެ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

1-      ގްރޭޑް 7 ގެ ފެންވަރު ހުރުން ( ގްރޭޑް 7 ނިންމާފައިވުން)

2-      މޯލްޑިވްސް ޓްރާންސްޕޯޓް އޮތޮރިޓީ ޤަބޫލުކުރއައްވާ B1  ނުވަތަ C1 ކެޓަގަރީގެ ލައިންސަންސް ހާސިލްކޮށްފައިވުމާއެކު،ލިޔަން ކިޔަން ދަތުމާއި މަޤާމުގައި ކުރަންޖެހޭ މަސައްކަތް ކުރަން އެނގުމާއި،އެ މަސައްކަތް ކުރެވޭފަދަ ސިއްޙަތެއް ހުރި މީހެއްކަމުގައިވުން.

3-      އުމުރުން 55 އަހަރުން މަތީގެ މީހަކުކަމުގައި ނުވުން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ،ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައްކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ސިވިލްސަރވިސް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއްތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. މަސައްތަކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  • ލިބިފައިވާ ލައިސެންސް/ ހުއްދަ ސަނަދު، ތަޖުރިބާ އަދި އިންޓަވިއު.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 އޭޕްރިލް 2020 ( އަންގާރ ) 13:30 ގެކުރިން، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއި   [email protected] އަދި ފެކްސް (6841018) މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

 

 

އިންޓަރވިއު (އިމްތިހާން ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެބައިވެސް ހިމެނުން)އޮންނާނެ ތަނާއި މުއްދަތު

 

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް(" އާންމުކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢްލީމީފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، (22 އޭޕްރިލް2020 )އާއި (27 އޭޕްރިލް 2020) އާއި ދެމެދު، (ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ،) ގައެވެ.

 

އިންޓަވިއު ބާއްވާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު( " އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއި މެދު ޝަކުވާ އެއް އޮތްނަމަ A2  ފޯމު އާންމު ކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ހުށަހަޅަން ވާނެއެވެ.

 

 

      

 

މި އިޢުލާނާއި ގުޅިގެން މަޢްލޫމާތު ސާފުކުރުމަށް ގުޅުއްވާނީ  6841715 އަށެވެ. އަދި ފެކްސް ކުރައްވާނެ ނަންބަރަކީ،6841018އެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

18 މާރިޗު 2020
ހޯދާ