ދިވެހިރާއްޖެ
ނަންބަރު: (IUL)307/INDIV/2020/26
އިޢުލާން
ހުކުރު މިސްކިތުގައި ހުރި ބައެއް ތަކެތި މަރާމާތުކޮށްދޭނެފަރާތެއް ހޯދުމާއިގުޅޭ
ކޮވިޑް-19 އާއި ގުޅިގެން މާރޗް 19 އިން 26 އަށް ސަރުކާރު ބަންދުކުރައްވަން ނިންމަވާފައިވުމާއި ގުޅިގެން، މިރަށު ހުކުރު މިސްކިތުގައި ހުރި އޭސީ، ފެންމޯޓަރު އަދި ލައިޓްތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަމްބަރ: (IUL)307/INDIV/2020/21 (08/03/2020) އިއުލާނާއިގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމުގެ މުއްދަތަށް ބަދަލުގެންނަމެވެ.
ވީމާ، ދެންނެވުނު އިއުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވި ފަރާތްތަކުން ހުށަހަޅުއްވާ ޕްރޮޕޯސަލްތައް ބަލައިގަތުން އޮންނާނީ 2020 މާރޗް 29 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައެވެ. ޕްރޮޕޯސަލްތައް ބަލައިގަތުމަށްފަހު ހަމަ އެގަޑީގައި ޕްރޮޕޯސަލް ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައި ޕްރޮޕޯސަލް ކެނޑުން ބޭއްވޭނެއެވެ. ޕްރޮޕޯސަލް ބަލާއިރު މަޢުލޫމާތު ސާފުކުރި ފަރާތަށް ދޫކުރެވޭ މަޢުލޫމާތާއި އެއްގޮތަށް ހުށަހަޅާ ޕްރޮޕޯސަލެއްނޫނީ ބަލައެއް ނުގަނެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ދުވަހު ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަށްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަމިއްލަ ވިޔަފާރި ނުވަތަ ކުންފުނި ރަޖިސްޓްރީކޮށްފައިނުވާ ފަރާތްތަކުގެ ޕްރޮޕޯސަލްތައް ބަލައިގަނެވެން ނޯންނާނެވާހަކަ މިފުރުސަތުގައި ދެންނެވީމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
23 ރަޖަބު 1441
18 މާރޗް 2020