ދިވެހިރާއްޖެ
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ނުރައްކާތެރި ބައްޔެއް ކަމުގައިވާ ކޮވިޑް-19(ކޮރޯނާ ވައިރަސް) އާއި ގުޅިގެން 19 މާރޗް 2020 ވަނަ ދުވަހުން ފެށިގެން 26 މާރޗް ގެ ނިޔަލަށް ސަރުކާރު ބަންދުކުރުމާއި ގުޅިގެން މިކައުންސިލްގެ ފަރާތުން އިޢުލާން ކުރެވިފައިވާ މަސައްކަތްތައްކުގެ މައުލޫމާތު ސާފުކުރުމާއި، އެސްޓިމޭޓް ހުށައެޅުމަށް ދެވިފައިވާ ތާރީޚްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ވާތީވެ، ތިރީގައި މިދަންނަވާ މަސައްކަތްތަކުގެ މަޢުލޫމާތު ސާފުކުރުމާއި، އެސްޓިމޭޓް ހުށައެޅުމަށް ދެވިފައިވާ ތާރީޚްތައް ބަދަލުކުރެވިފައިވާ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
# |
މަސައްކަތު ތަފްޞީލް |
އިއުލާން ނަމްބަރ |
މަޢުލޫމާތު ސާފުކުރުމުގެ ތާރީޚް |
އެސްޓިމޭޓް ހުށައެޅުމުގެ ތާރީޚް |
1 |
ބ.އަތޮޅު ފެމިލީ އެންޑް ޗިލްޑްރަންސް ސަރިވިސް ސެންޓަރުގެ ވަށާފާރު ރޭނުމުގެ މަސައްކަތް |
IUL)320-FNP/320/2020/26) |
- |
29 މާރޗް 2020 ވާ އާދީއްތަ ދުވަހުގެ 10:00 އަށް |
2 |
އިޖުތިމާޢީ ސަރަޙައްދުގައި ޖަހާފައިވާ ބައްތިތައް މަރާމާތުކޮށް ބަލަހަށްޓާދޭނެ ފަރާތެއް ހޯދުން |
IUL)320-FNP/320/2020/29) |
29 މާރޗް 2020 ވާ އާދީއްތަ ދުވަހުގެ 10:30 އަށް |
05 އޭޕްރީލް 2020 ވާ އާދީއްތަ ދުވަހުގެ 10:00 އަށް |
3 |
މިރަށު ކުނިގޮނޑުގައި ހުރިތަކެތި ތިލަފުއްޓަށް ގެންދިއުމާއިބެހޭ |
IUL)320-FNP/320/2020/30) |
29 މާރޗް 2020 ވާ އާދީއްތަ ދުވަހުގެ 11:00 އަށް |
05 އޭޕްރީލް 2020 ވާ އާދީއްތަ ދުވަހުގެ 10:30 އަށް |
ނޯޓް: މީގެ އިތުރުން ސަރުކާރުން ބަންދުގެ މުއްދަތު އިތުރުކޮށްފިނަމަ ދެން އެންމެ އަވަހަށް ސަރުކާރު ހުޅުވޭދުވަހު ދެންނެވިފައިވާ ގަޑިތަކުގައި މަޢުލޫމާތު ސާފުކުރުމާއި، އެސްޓިމޭޓް ހުށައެޅުން އޮންނާނެއެވެ.