ދިވެހިރާއްޖެ
ނަންބަރު: (IUL)267/267/2020/14
އިއުލާން
ހދ.ކުމުންދޫ ފެނަކަ ކޯޕަރޭޝަން ބުރާންޗްގެ އޮފީސް އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި ރުއްގަހުގެ ބަދަލު ހަމަޖެއްސުމާއި ގުޅޭ.
ސުރުހީގައި ދެންނެވުނު މަސްރޫޢުގެ ދަށުން ހދ.ކުމުންދޫ ފެނަކަ ކޯޕަރޭޝަން ބުރާންޗްގެ އޮފީސް އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ކުމުންދޫ ސުކޫލްގެ ހުޅަގުން ފްޓްބޯޅަ ދަނޑުގެ އުތުރުން އޮތް ބިމުގައެވެ. މިދެންނެވި ބިމަށް އަރާގޮތަށްހުރި ރުއްގަހުގައި މިއިދާރާއިން ވާނީ 1 ން ފެށިގެން 28 އާއި ހަމައަށް ނޫ ކުލައިން ނަންބަރުޖަހާފައެވެ. އަދި މިދެންނެވި ރުއްގަސްތައް ވަނީ "X" މިފާހާގަޖަހާފައެވެ.
މިދެންނެވި ނަންބަރުޖަހާފައިވާ ރުއްގަހުގެ ވެރިފަރާތުން 09 އޭޕްރީލް 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ރުއްގަސްތަކުގައި ނަންބަރު ޖެހުމަށްފަހު، އެފަރާތުގެ ރުއްގަސްކަން ސާބިތުކުރުމަށްޓަކައި ސިޓީ ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާ ސިޓީގައި މިއިދާރާއިން ޖަހާފައިވާ ނަމްބަރާއި،ގޭގެ ރަޖިސްޓްރީ ނަންބަރާއި، ވެރިފަރާތުގެ ނަމާއި އެޑްރެސް، އަދި ސިޓީ ހުށަހަޅުއްވާ ފަރާތުގެ ރުއްގަސްކަމަށް ހެކިވާނެ 2 ފަރާތެއްގެ ނަން ސާފުކޮށް އެގެން އޮންނަންވާނެއެވެ.
މަތީގައި ދެންނަވާފައިވާ ތާރީޚްގެ ނިޔަލަށް ސިޓީހުށަހަޅާފައިނުވާ ރުއްގަހަކީ ރައްޔިތުންގެ ރުއްގަހުގެ ގޮތުގައި ބަލައި މައްސަލަ ނިންމާނެވާހަކަ ދަންނަވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
24 ރަޖަބް 1441
18 މާރިޗް 2020