ދިވެހިރާއްޖެ
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ރަޖިސްޓްރީއެއް ސަރުކާރުން ބެލެހެއްޓުމަށްޓަކައި، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެރަށެއްގެ ރަށުކައުންސިލް ނުވަތަ ސިޓީކައުންސިލްގައި "ބިދޭސީން ރަޖިސްޓްރީ ކުރާ ދަފްތަރެއް" އޮންނަންވާނެ ކަމުގައި ވަޒީފާއަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ޤަވައިދުގެ 24ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން ކުޅުދުއްފުށީގައި ވަޒީފާއަދާކުރާ ފާރާތްތަކާއި އެފަރާތުގެ އާއިލާގެ އެއްވެސް މެމްބަރެއް ކުޅުދުއްފުށީގައި ދިރިއުޅޭނަމަ އެފަރާތްތައް ދަފްތަރު ކުރުމުގެ މަސައްކަތް މިކައުންސިލްއިން މިއަންނަނީ ކުރަމުންނެވެ. ވީމާ ބިދޭސީން ކުޅުދުއްފުށީގައި ގެންގުޅުއްވާ ފަރާތްތަކުން ވީއެންމެ އަވަހަކަށް އެފަރާތްތަކުގެ މަޢުލޫމާތު ކައުންސިލްއާއި ހިއްސާކޮށް ދަފްތަރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން އެދެމެވެ. ދަފްތަރު ކުރުމަށްޓަކައި މިކައުންސިލަށް ބޭނުންވާ ބިދޭސީންނާއި ގުޅޭ މަޢުލޫމާތު އަދި ހަވާލުވެހުރި ފަރާތުގެ މަޢުލޫމާތު ބަޔާންކުރާ ފޯމް މިކައުންސިލްގެ ވެބްލިންކް: https://kulhudhuffushicity.gov.mv/2020/03/5734 ޑައުންލޯޑް ކުރެވޭނެއެވެ. އެހެންކަމުން ކުޅުދުއްފުށީގައި ބިދޭސީން ގެންގުޅޭ ފަރާތްތަކުން މަތީގައި ބަޔާން ކުރެވިފައިވާ ގޮތަށް 31 މާރޗު 2020ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދަފްތަރުކޮށް ނިންމެވުން އެދެމެވެ.
މިގޮތަށް ޢަމަލު ނުކުރާ ފަރާތްތަކާއިމެދު ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 143 މާއްދާގެ ދަށުން ފިޔަވަޅު އަޅަމުންގެންދާނެކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.