ދިވެހިރާއްޖެ
އިޢުލާން
ކޮވިޑް-19 އާއި ގުޅިގެން ސިއްހީ ކުއްލި ހާލަތު އިއުލާނު ކުރެވިފައިވާތީ މިއެޖެންސީގެ ޚިދުމަތްތަކަށް ބަދަލުގެނައުން
ކޮވިޑް-19 ރާއްޖޭގައިވެސް ފެތުރިދާނެތީ އެކަމަށް ރައްކާތެރިވުމުގެ ގޮތުން ސަރުކާރު އޮފީސްތައް ބަންދުކުރެވިފައިވާތީ، 19 މާރިޗް 2020 އިން 26 މާރިޗް 2020ގެ ނިޔަލަށް މިއެޖެންސީއިން ދެމުންގެންދިޔަ ޚިދުމަތްތަކުގެ ތެރެއިން ފޯމު އަދި އެހެނިހެން ލިޔެކިއުންތައް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ އީ-މެއިލް އަދި ވައިބަރ މެސެޖު މެދުވެރިކޮށެވެ. ވީމާ، ތިރީގައިވާ އީ-މެއިލް އަދި ވައިބަރ ނަންބަރު މެދުވެރިކޮށް ޚިދުމަތް ހޯދުމަށްބޭނުންވާ ފޯމު އަދި ސިޓީ ފަދަ ތަކެތި މި އެޖެންސީއާ ހިއްސާ ކޮށްދެއްވުން އެދެމެވެ.
އީ-މެއިލް: [email protected]
ވައިބަރ ނަންބަރު: 7291402
މިބަދަލާއި ގުޅިގެން ދިމާވާ ދަތިތަކަށް ޚިދުމަތް ހޯދާފަރާތްތަކުގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދޭ ހިނދު، މި ބަލިން ރައްކާތެރިވުމަށް އެޅެންހުރި އެންމެހާ ފިޔަވަޅުތައް އަބަދުވެސް އެޅުމަށް ތުއްތު ކުދިންގެ މައިންބަފައިންނަށާއި، ޞިއްޙީ ތަފާތު ބަލިތައް ތަޙައްމަލް ކުރަމުންދާ ފަރާތްތަކަށް ހަނދުމަކޮށްދެމެވެ.
23 ރަޖަބު 1441
18 މާރިޗު 2020