މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގެ އިޖުތިމާޢީ ސަރަޙައްދު ތައް ކުނިކަހައި ދޭނެ ފަރާތެއް ހޯދުމާއި ބެހޭ

އިޢުލާން

 

     މިރަށުގެ އިޖުތިމާޢީ ސަރަޙައްދު ތައް ކުނިކަހައި ދޭނެ ފަރާތެއް ހޯދުމާއި ބެހޭ .

މިރަށު އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރ ( IUL ) 298/2020/12 ( 03 މާރިޗު 2020 ) ގެ އިޢުލާނާއި ގުޅިގެން  ހުށައަޅާފައި އަންދާސީ ހިސާބުތައް ބޮޑުކަމަށް ފެންނާތީ އެ އަންދާސީ ހިސާބު ތައް ބާތިލުކޮށް އެމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާފަރާތް ތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

މިރަށުގެ އިޖުތިމަޢީ ސަރަޙައްދު ތައް 12 މަސްދުވަހުގެ މުއްދަތަށް ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަލިފުށީ ކައުންސިލުގެ  އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2020 މާރިޗު 26 ވަނަ ދުވަހުގެ 11.00 ށް އަލިފުށީ ކައުންސިލުގެ އިދާރައަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށައަޅުއްވަން ބަދަލުގައި އެހެންބޭފުޅަކު ފޮނުއްވާނަމަ ސިޓީއަކާއި އެކު ފޮނުއްވުން އެދެމެވެ. އަދި ކޮންމެފަރާތަކުން އަންދާސީ ހިސާބު ހުށައެޅުއްވިކަމުގައިވިޔަސް ހުށައާލާފަރާތުގެ އައިޑީކާޑުގެ ކޮޕީއާއި، ބަދަލުގައި ފޮނުއްވާފަރާތުގެ އައިޑީ ކާޑުގެ ފޮޓޯކޮޕީ އޮންނަންވާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

22 ރަޖަބު   1441

17 މާރިޗު   2020

17 މާރިޗު 2020
ހޯދާ