މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
"މާލެ އަދި ހުޅުމާލޭގައި ގާއިމުކޮށްފައިވާ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމުތަކުގެ ހާލަތު ދެނެގަތުން" ގެ އިޢުލާނާއި ގުޅޭ

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ މުއްދަތު އިތުރުކުރުން

ޖަޕާން ސަރުކާރުގެ އެހީގައި ގާއިމުކޮށްފައިވާ އިރުގެ އަލިން ކަރަންޓު އުފައްދާ ސިސްޓަމްތަކަށް ދިމާވެފައިވާ މަސައްލަތައް ދެނެގަނެ، އެކަންކަން ރަނގަޅުކުރުމަށާއި، އެ ސިސްޓަމްތަކުން އުފައްދާ ކަރަންޓު ގްރިޑަށް ފީޑްކުރުމަށް ކުރަންޖެހޭކަންކަމާއި އެކަމަށް ހިނގާނެ ޚަރަދުގެ ރިޕޯޓެއް ތައްޔާރުކުރުމުގެ މަސައްކަތްގެ ބީލަން ހުށަހެޅުމަށް ކުރިންދެވިފައިވަނީ 18 މާރިޗު 2020 ވާ ބުދަ ވަނަ ދުވަހު 10:00 އެވެ. ނަމަވެސް، ބީލަން ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅުއްވާފައިވާ ސުވާލުތަކުގެ ތެރެއިން ބައެއް ސުވާލުތަކަށް ޖަވާބު، ބީލަން ހުށަހެޅު ދެވިފައިވާ މުއްދަތުގެ ކުރިން ފޯރުކޮށްނުދެވޭނެތީ، މިމަސައްކަތުގެ ބީލަން ހުށަހެޅުން 25 މާރިޗު 2020 ވާ ބުދަ ދުވަހުގެ 11:00 އަށް ފަސް ކޮށްފައިވާ ވާހަކަ ދެންނެވީމެވެ.

އަދި އިޢުލާން ނަންބަރު IUL)438-ED/438/2020/78) ގުޅިގެން ހުށަހަޅާފައިވާ ސުވާލުތަކާއި ޖަވާބު މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައިވާނެއެވެ.

17 މާރިޗު 2020
ހޯދާ