އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
ދިވެހިރާއްޖެ
މާލެއިން 01 ކޮޓަރީގެ 02 އެޕާޓްމަންޓް ކުއްޔަށް ހިފުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1.  2020 ވަނަ އަހަރު މި މަދަރުސާގައި ކިޔަވައިދެއްވުމަށް އަލްއަޒްހަރު ޔުނިވަރސިޓީން ފޮނުވާ މުދައްރިސުން ބޭތިބުމަށްޓަކައި، މާލެއިން 01 ކޮޓަރިީގެ 02 އެޕާޓްމަންޓް 01 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފަން ބޭނުން ވެއްޖެއެވެ. މިމަދަރުސާއިން ކުރިން ކުރެވުނު ނަންބަރު IUL)MAI-108/MAI/2020/15) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް ބީލަން ހށަހަޅުއްވާފައި ނުވާތީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވައިލަމެވެ.  މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމުން ބީލަންފޮތް މެއިލްކުރެވޭނެއެވެ.

2. 2020 ވަނަ އަހަރު މި މަދަރުސާގައި ކިޔަވައިދެއްވުމަށް އަލްއަޒްހަރު ޔުނިވަރސިޓީން ފޮނުވާ މުދައްރިސުން ބޭތިބުމަށްޓަކައި، މާލެއިން 01 ކޮޓަރިީގެ 02 އެޕާޓްމަންޓް 01 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފަން ބޭނުން ވެއްޖެއެވެ.  

3. މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 މާރިޗު 17 ން 23 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 13:00 އަށް މިސްކޫލުގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ ބީލަމުގައި ނަންނޯޓުކުރައްވާ ފަރާތްތަކަށެވެ. 

4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 މާރިޗު  24 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

5.  ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2020 މާރިޗު 25 ވަނަ ދުވަހުގެ 11:00 ގައި އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ 6 ވަނަ ފްލޯގެ މީޓިންގ ރޫމްގައެވެ.

6.  އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ

ޗާންދަނީމަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3323627

[email protected]

21 ރަޖަބު 1441

16 މާރިޗު 2020
ހޯދާ