ފެމިލީ ކޯޓް
ދިވެހިރާއްޖެ
ކޮވިޑް-19 ގެ ޙާލަތު ރަނގަޅުވަންދެން، ފެމިލީކޯޓުން ވަގުތީގޮތުން މެދުކަނޑާލުމަށް ހަމަޖެހިފައިވާ ޚިދުމަތްތައް

146-A1/2020/72:ނަންބަރު

އިޢުލާން

 

ކޮވިޑް-19 ގެ ޙާލަތު ރަނގަޅުވަންދެން، ކޯޓުން ޚިދުމަތް ހޯއްދަވާ ފަރާތްތަކާއި ކޯޓުގެ މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ތިރީގައި މިދަންނަވާ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލުމަށް ހަމަޖައްސާފައިވާތީ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމަވެ.

- ވަގުތީގޮތުން ކާވެންޏަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް މެދުކަނޑާލުން.

- ކޯޓުން ބޭރުގައާއި ނުރަސްމީގަޑީގައިކުރާ ކާވެނިތައް ކޮށްދިނުން ވަގުތީގޮތުން މެދުކަނޑާލުން.

- ގޭގެއަށް ގޮސް ހަދާ އެސެސްމެންޓްތައް ވަގުތީގޮތުން 14 ދުވަހުގެ މުއްދަތަށް މެދުކަނޑާލުން.

16 މާރިޗު 2020
ހޯދާ