ދިވެހިރާއްޖެ
ފުޓްބޯޅަދަނޑު ސަރަހައްދަށްއަރާ ރުއްގަސްނަގާ ބިންސާފުކުރުމާއި ، ފުޓްބޯޅަދަނޑުގެ ދެފަރާތުގައި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ މިއިދާރާގެ ނަންބަރ IUL-317/2020/06 ( 17 ފެބްރުއަރީ 2020 ) އިޢުލާނަށް އަންދާސީ ހިސާބު ހުށަހަޅާފައިވަނީ ދެފަރާތުން ކަމަށްވާތީ އެއިޢުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
ވީމާ ދަންނަވަމެވެ. މިއިދާރައިގެ ފަރާތުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަތަކެތީގައި މިރަށުފުޓްބޯޅަ ދަނޑު ސަރަހައްދަށް އަރާ ރުއްގަސް ނަގާ ބިންސާފުކުރުމާއި ފުޓްބޯޅަދަނޑުގެ 2 ބިތުގައި ފެންސްޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިދެންނެވި މަސައްކަތް އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ތާރީޚުގައި މިއިދާރާއަށްދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ، ކަނޑައެޅިފައިވާ ތާރީޚުގައި ، މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ދިނުން |
އަންދާސީ ހިސާބު ހުށަހެޅުން |
23 މާރޗް 2020 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި ދޮންފަނު ކައުންސިލް އިދާރާގައި |
02 އޭޕްރީލް 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ދޮންފަނު ކައުންސިލް އިދާރާގައި |
މަޢުލޫމާތު ސާފަކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު، ހާޒިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް އަދި ކުންފުނި / ވިޔަފާރި / އިންވެސްޓްމަންޓްގެ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ގެންނަންވާނެއެވެ. ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ. މީގެއިތުރުން ކުންފުނި / ވިޔަފާރި / އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓާއި ބަދަލުގައި ވަޑައިގަންނަވާ ފާރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ފޮޓޯކޮޕީ ، އަދި ކުންފުނީގެ ބޯޑްމެންބަރެއްކަން ނުވަތަ އަންދާސީ ހިސާބު ހުށަހެޅުމަށް ކުންފުނިން ހުއްދަ ދީފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެވެ. ފޯނުގެ ޒަރިއްޔާއިން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިއުންނެތި މަޢުލޫމާތު ސާފު ކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުމުގެ ބައްދަލުވުމުގަޔާއި އަންދާސީ ހިސާބު ހުށަހަޅާ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގެންނެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދެންނެވީމެވެ.
މަތީގައި ދެންނެވިފައިވާ އެއްވެސް ލިއުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބާއި ، އީމެއިލްއާއި ފެކްސް މެދުވެރިކޮށް މިއިދާރާއަށް ފޮނުވާ އަންދާސީހިސާބުތަކާއި ، މަޢުލޫމާތު ސާފުކުރައްވަން ވަޑައިގެންފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކުގެ އިތުރުން މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައްވެސް ބަލައި ނުގަނެވޭނެއެވެ.
މިބީލަމުގައި ބައިވެރިވެވޭނީ :
1- ދިވެހިރާއްޖޭގެ ކުންފުންޏާއި ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފާއިވާ ކުންފުނިތައް.
2- ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.
3- ކޯޕްރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕްރޭޓިވް ސޮސައިޓީތައް.
4- އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް
މިހެންވެމިކަން އާޢްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.