އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިގުރަށު ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް

އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ

ދިގުރަށް/ ދިވެހިރާއްޖެ.

ނަންބަރު: 353/2020/13

އިޢުލާނު

 

 

 

 

ދިގުރަށު ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް

އދ. ދިގުރަށު ޞިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ އެކްޓެންޝަން ޢިމާރާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 25 މާރިޗު 2020 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް ކައުންސިލް އިދާރާގައި ރަޖިސްޓްރީކުރައްވައި، 31 މާރިޗު 2020 ވާ އަންގާރަ ދުވަހުގެ 13:00 އަށް ކައުންސިލް އިދާރާއަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު 2014/18 ) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު 2014/19 ) ގެ ދަށުން ވިޔަފާރިއެއް ރަޖިސްޓްރީ ކޮށްފައިވާ އަދި ބީލަމުގައި ބައިވެރިވުމަށް މި ކައުންސިލް އިދާރާގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރެއްވުމަށް ހުށަހަޅުއްވާއިރު ކުންފުނި ނުވަތަ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. މީގެއިތުރުން، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް އީ މެއިލް މެދުވެރިކޮށް  ބީލަން ހުށަހެޅުމަށް ބޭނުންވާ އެންމެހާ މަޢުލޫމާތާއި ލިޔެކިއުންތައް ފޯރުކޮށްދެވޭނެއެވެ.

21 ރަޖަބް 1441

16 މާރިޗު 2020

16 މާރިޗު 2020
ހޯދާ