ރ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

     

  1. 2020 ވަނަ އަހަރު މިމަރުކަޒުގެ ދަރިވަރުންނަށް ނާސްތާ ފޯރުކޮށްދިނުމަށް ބޭނުންވެގެން ކުރެވުނު މިމަރުކަޒުގެ ނަންބަރު GS15/2020/09 ގެ ޢިއުލާނާއި ގުޅިގެން ބީލަން ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އަލުން ބީލަން ހުށްހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 މާރިޗު 16 އިން 2020 މާރިޗު 22 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް މިސްކޫލަސް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 މާރިޗު 22 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 މާރިޗު 23 ވާ ހޯމަދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
  5. ބީލަން ހުޅުވުން އޮންނާނީ 2020 މާރިޗު 31 ވާ އަންގާރަދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
  6. މިޕްރޮޖެކްޓްގެ ބިޑު ސެކިޔުރިޓީގެ ގޮތުގައި 5000/- ( ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.
  7. މިޕްރޮޖެކްޓާގުޅޭ ބީލަންފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ރ. އަތޮޅު ތަޢުލީމީ މަރުކަޒު

ރ. މީދޫ

ފޯން: 6580031

އީމެއިލް: [email protected]

16 މާރިޗު 2020
ހޯދާ