ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. މާރަންދޫ ޞިއހީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ކުރުން

އިޢުލާން

    

ހއ. މާރަންދޫ ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ކުރުން

 

ހއ. މާރަންދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ޚަރަދުގައި މި މަސައްކަތްތައް ކުރުމަށް އެދޭފަރާތްތަކުން 2020، މާރިޗު 16 ވާ ހޯމަ ދުވަހުން ފެށިގެން 2020 މާރިޗު 25 ވާ ބުދަދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެދުވަހަކު ހެނދުނު 09:00 ން 13:30 އަށް މާރަންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މި ޕްރޮޖެކްޓުގެ ޓެންޑަރ ޑޮކިއުމަންޓްގެ ސޮފްޓު ކޮޕީ (ސީޑީގައި) ދޫކުރެވޭނެއެވެ. އަދި 29 މާރިޗު 2020 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 ގައި ޕްރީބިޑް ސެޝަނެއް މި އިދާރާގެ ކޮންފަރެންސް ހޯލުގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2020 މާރިޗު 31 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި މި އިދާރާގެ ކޮންފަރެންސް ހޯލުގައެވެ.

މި މަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގޭ ވިޔަފާރިތަކަށެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، ރަޖިސްޓްރީކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ފޯމު ޤަބޫލުނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ރަޖިސްޓްރީ ކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށަހަޅަންޖެހޭނެއެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މި އިޢުލާނާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 2020 މާރިޗު 29 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 ގެ ކުރިން [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

20 ރަޖަބު 1441

15 މާރިޗު 2020

15 މާރިޗު 2020
ހޯދާ