ދިވެހިރާއްޖެ
މި ސްކޫލުގައި 2 ފާހާނާ އިމާރާތް ކުރުމަށް ބޭނުންވެއްޖެ.
މި ސްކޫލުގެ ސްޓާފުުންނަށް2 ފާހާނާ އިމާރާތްކުރުމަށް ކުރެވުނު، ނަންބަރ GS91/IUL/2020/04 އިއުލާން ބާތިލްކޮށް މި ސްކޫލުންދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މި ސްކޫލުގައި 2 ފާހާނާ އިމާރާތް ކޮށްދޭނެ ފަރާތެއްހޯދަން ބޭނުންވެއެވެ.
ވީމާ މި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 2020 މާރޗް 19 ވާ ބުރާސްފަތި ދުވަހު 11:00 އަށް މި ސްކޫލަށް ދުރުވެ މައުލޫމާތު ސާފްކުރެއްވުމަށްފަހު 2020 މާރޗް 26 ވާ ބުރާސްފަތި ދުވަހު 11:00 އަށް މި ސްކޫލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. މައުލޫމާތު ސާފްކުރަން ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދަންނަވަމެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫން 2014/18 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫން 2014/19 ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އަންދާސީ ހިސާބު ހުށަހެޅުމަށް ބޭނުންވާ ފަރާތުގެ ސިޓިއެއް ހުށަހަޅަންވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނޭކުރެންދޫ ސްކޫލް
ހދ.ނޭކުރެންދޫ، ދިވެހިރާއްޖެ.
ފޯން: 6520528،6520553
އީ-މެއިލް: [email protected]