ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެޔޮ ވިއްކުމަށް ބިމެއް ކުއްޔަށް ދޫކުރުން

އިޢުލާން

ތާރީޚް:

11 މާރޗް 2020

ނަންބަރު:

(IUL)401-E/401/2020/13

16 ރަޖަބް 1441

އިޢުލާންގެ ވަނަ:

02

ތެޔޮ ވިއްކުމަށް ބިމެއް ކުއްޔަށް ދޫކުރުން

 

ތެލުގެ ވިޔަފާރިކުރުމަށްޓަކައި ތިރީގައި މިދަންނަވާ ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު (IUL)401-E/401/2020/05 (06 ފެބުރުއަރީ 2020) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް ފުރިހަމަ ނުވާތީ، އެ ބީލަންތައް ބާޠިލް ކޮށްފީމެވެ. އަދި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

ބިންއޮތް ތަން

ބިމުގެ ބޮޑުމިން

ލ. ފޮނަދޫ ބަނދަރުގެ އުތުރުކޮޅުން ހުސްކޮށް އޮންނަ ހުސްބިން ('100×'70)

7000 އަކަފޫޓް

 

ބީލަން ހުށަހެޅުމަށް ރަޖިސްޓަރީވުމާއި ބީލަން ފޯމާއި ބީލަމުގެ މަޢުލޫމާތު ކަރުދާސް ދޫކުރުން

ބީލަން ހުށަހަޅާ ފޯމާއި މަޢުލޫމާތު ކަރުދާސް މިއިދާރާގެ ވެބްސައިޓް www.fonadhoo.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

ބީލަން ހުށަހަޅާ ފޯމްގެ އަގަކީ -/150ރ އެވެ. (ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2020 މާރޗް 12 ވަނަ ދުވަހުން ފެށިގެން 2020 މާރޗް 19 ވަނަ ދުވަހާ ހަމައަށް ރަސްމީދުވަސްތަކުގެ 8:00 އިން 12:00 އަށެވެ.(

ބީލަން ހުށަހަޅާ ފޯމް ގަތުމަށް ފައިސާދެއްކުމުން ބީލަން ހުށަހެޅުމަށް އެފަރާތެއް ރަޖިސްޓަރީ ކުރެވުނީއެވެ.

 

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

ބީލަން ހުށަހަޅާނީ 22 މާރޗް 2020 (އާދީއްތަ) ދުވަހުގެ 13:00 ގައި ލ. ފޮނަދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި އޮންނަ ބީލަން ބައްދަލުވުމުގައެވެ.

ބީލަން ހުޅުވާނީ ބީލަން ހުށަހަޅާ ގަޑީގައި ބީލަން ހުށަހެޅި ފަރާތްތަކުގެ ޙާޟިރުގައެވެ.

ހުށަހަޅާ ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

 

އިތުރު މަޢުލޫމާތު

މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯނު: 6800082

އީމެއިލް: [email protected]

11 މާރިޗު 2020
ހޯދާ