ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޯޓަރ ސްޕޯރޓްސް ސެންޓަރއެއް ހިންގުމަށް ބިން ދޫކުރުމާއި ބެހޭ

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ

ހިންނަވަރު، ދިވެހިރާއްޖެ.

އިޢުލާން

 

ވޯޓަރ ސްޕޯރޓްސް ސެންޓަރއެއް ހިންގުމަށް ބިން ދޫކުރުމާއި ބެހޭ:

                 

ވޯޓަރ ސްޕޯރޓްސް ސެންޓަރ އަކާއި ޑައިވިންގ ސްކޫލެއް ހިންގުމަށް ބިން ދޫކުރުމާއިބެހޭގޮތުން ކުރި ނަންބަރު (IUL)326/PRIV/2020/1 ( 8 ޖެނުއަރީ 2020 ) އިޢުލާން ބާޠިލްކޮށް، ޅ. ހިންނަވަރު ރީތި ބީޗް ސަރަޙައްދުގައި ވޯޓަރ ސްޕޯރޓްސް ސެންޓަރެއް ހިންގުމަށް ބިން ކުއްޔަށް ހިފުމަށް ފުރުޞަތު ހުޅުވާލައިފީމެވެ. މިގޮތުން މި ސަރަޙައްދުން ދޫކުރެވޭނީ ހިންނަވަރު ލޭންޑް ޔޫސް ޕްލޭންގައި ފާހަގަ ކޮށްފައިވާ ޓުއަރިޒަމް ޒޯނުގެ އިރުން އޮތް ހުސްބިމުން 2000 އަކަފޫޓްގެ ބިމެކެވެ. މި ފުރުޞަތުގެ ދަށުން ބިން ކުއްޔަށް ހިފުމުގެ ފުރުޞަތު ކޮންމެ ދިވެހި ރައްޔިތަކަށް އަދި ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށް ވަނީ ހުޅުވާލެވިފައެވެ.

މި ސަރަޙައްދުން ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ގިނަވެގެން 10 (ދިހައެއް) އަހަރުދުވަހުގެ މުއްދަތަށެވެ. މި ބިންތައް ކުއްޔަށް ހިފުމަށް ހުށަހެޅޭނީ އަކަފޫޓަކަށް 90 ލާރިއަށްވުރެ ކުޑަނޫން އަދަދެކެވެ.

ބިން ކުއްޔަށް ދޫކުރުމާއި ބެހޭގޮތުން ކައުންސިލް އިދާރާއިން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް 15 މާރިޗު 2020، ވާ އާދީއްތަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން މެންދުރުފަހު 14:00 އަށް ހިންނަވަރު ކައުންސިލް އިދާރާއިން ލިބެންހުންނާނެއެވެ.

ވީމާ، މި ބިންތައް ކުއްޔަށްހިފުމަށް ބޭނުންވާ ފަރާތްތަކުން 22 މާރިޗު 2020 ވާ އާދިއްތަ ދުވަހުގެ 11:00 އަށް ހިންނަވަރު ކައުންސިލްގެ އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދެންނެވީމެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ވޯޓަރ ސްޕޯރޓްސް ސެންޓަރ ހިންގުމަށް ބިން ކުއްޔަށް ހިފުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ.

މިކަމާއި ބެހޭގޮތުން ހުށާހަޅާ ޕްރޮޕޯސަލްތައް ހުށަހެޅުމުން ހަމަޖެހިފައިވާ އުސޫލުން އެންމެ ގިނައިން ޕޮއިންޓް ލިބޭ ފަރާތްތަކަށް އެ ބިންތައް ކުއްޔަށް ދޫކުރެވޭނެ ވާހަކަ ދެންނެވީމެވެ. 

17 ރަޖަބު 1441

12 މާރިޗު 2020

12 މާރިޗު 2020
ހޯދާ