ދިވެހިރާއްޖެ
c
ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ގދ. ތިނަދޫ، ދިވެހިރާއްޖެ
ނަންބަރ(IUL)ASMH-GRAD/ASMH/2020/14:
އިޢުލާން
ގދ. ހޯޑެއްދޫ ޞިއްޙީ މަރުކަޒުން ގދ. މަޑަވެލި ޞިއްޙީ މަރުކަޒަށް ލެބޯޓަރީ ސާމްޕަލްތައް އުފުލުމުގެ ދަތުރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ:
ގދ.ހޯޑެއްދޫ ސިއްޙީމަރުކަޒުން ލެބޯޓަރީ ޓެސްޓުތައް ހެދުމަށް ބޭނުންވާ ސާމްޕަލްތައް ގދ. މަޑަވެލި ޞިއްޙީ މަރުކަޒަށް އުފުލުމުގެ ދަތުރު ކޮށްދޭނެ ފަރާތެއް ކޮންޓްރެކްޓް އުޞޫލުން 6 ( ހައެއް) މަސް ދުވަހުގެ މުއްދަތަށް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިދެންނެވި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 15 މާރިޗު 2020 ވާ އާދީއްތަ ދުވަހުން ފެށިގެން 16 މާރޗް 2020 ވާ ހޯމަ ދުވަހުގެ ހެނދުނު 9:00 އިން 13:00 އާއި ދޭތެރޭ ރަސްމީދުވަސްތަކުގައި ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ނުވަތަ ގދ. ހޯޑެއްދޫ ޞިއްޚީ މަރުކަޒް އަދި ގދ. މަޑަވެލި ޞިއްޚީ މަރުކަޒަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުންއެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓްކުރެވިފައިވާނެއެވެ. އަދި 17 މާރިޗު 2020 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް މީޓިންގް މިހޮސްޕިޓަލްގެ އޮފީސް އަދި ގދ. ހޯޑެއްދޫ ޞިއްޚީ މަރުކަޒް އާއި ގދ. މަޑަވެލި ޞިއްޚީ މަރުކަޒުގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ 19 މާރިޗު 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މިހޮސްޕިޓަލް އަދި ގދ. ހޯޑެއްދޫ ޞިއްޚީ މަރުކަޒް އާއި ގދ. މަޑަވެލި ޞިއްޚީ މަރުކަޒު ގައެވެ.
މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 6841974 އަށް ގުޅުއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
17 ރަޖަބް 1441
12 މާރޗް 2020
އަޙުމަދު ސަޢީދު
މެނޭޖަރ، ހެލްތްސަރވިސަސް