މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ އަތޮޅު ކައުންސިލް އިދާރާގެ އައުޓްބޯޑު 2އިންޖީނު ސިޓީލައި ނީލަމުގައި ވިއްކާލުން

މިއިދާރާގެ "މާމުލި" ލޯންޗުން ބައުވެގެން  ނަގާފައިވާ އައުޓްބޯޑު 2 އިންޖީނު  ސިޓީލައި ނީލަމުގައި ވިއްކާލުމަށް ހުށަހަޅަމެވެ.

އިންޖީނާބެހޭ މަޢުލޫމާތު:

ނީލަން ނަންބަރު

ބާވަތް

ސީރިއަލް ނަންބަރު

އިތުރު ތަފްޞީލް

1

އައުޓް ބޯޑު އިންޖީނު ޔަމަހާ 200ގެ

6G6X1019063

ބުރަފަތި ނެތް

2

އައުޓް ބޯޑު އިންޖީނު ޔަމަހާ 200ގެ

6G6X1019064

ބުރަފަތި ނެތް

ކޮންމެ އިންޖީނެއްގެވެސް ނީލަން ފެށޭއަގަކީ -/80,000 (އަށްޑިހަ ހާސް)ރުފިޔާއެވެ. އަދި އިންޖީނަކަށް ފަހަރަކު އިތުރުކުރެވޭނީ މަދުވެގެން -/3,000 (ތިން ހާސް) ރުފިޔާއެވެ. ކޮންމެ ދުވަހަކުވެސް ހުށަހެޅޭ އެންމެ މަތީއަގު އެދުވަހެއްގެ 14:00ގެ ފަހުން މިއިދާރާގެ ނޯޓިސްބޯޑުންނާއި މިއިދާރާގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން 7 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް  ނީލަން ނިމޭނެއެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 2014 އެޕްރީލް 10 ވާ ބުރާސްފަތި ދުވަހުގެ 9:00 ން ފެށިގެން އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ އެކަމަށް މިއިދާރާއިން ކަނޑައަޅާފައިވާ ފޯމުގައެވެ. މިފޯމް އަދި އައުޓްބޯޑު އިންޖީނާބެހޭ މައުލޫމާތާއި ފޮޓޯ މިއިދާރާއިންނާއި އަދި މިއިދާރާގެ ވެބްސައިޓް www.shaviyani.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. އަގު ހުށަހަޅާ ފޯމް ރަސްމީ ދުވަސް ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން މިއިދާރާގެ ކައުންޓަރަށް ނުވަތަ ފެކްސް އަދި އީމެއިލްގެ ޒަރީޢާއިންވެސް ހުށައެޅިދާނެއެވެ. ފެކްސް ނަންބަރަކީ 6540057 އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި އަދި އިންޖީނު ބެއްލެވުމަށް ގުޅުއްވާނީ މިއިދާރާގެ 6540038، 6540025 މި ނަންބަރު ފޯނާއެވެ.

06 ޖުމާދަލްއާޚިރާ 1435

06 އޭޕްރިލް 2014
ހޯދާ