ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ދިއްދޫގެ ބައެއް މިސްކިތްތައް އާބާތުރަ ފިލުވުމާއި ގުޅޭ

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ދިއްދޫގައި ހުރިބައެއް މިސްކިތްތަކުގެ އާބާތުރަ އަމިއްލަ ތަކެތީގައި ފިލުވައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާގޮތަށް ބީލަން ރަޖިސްޓްރީ ކުރައްވާ ކަނޑައެޅިފައިވާ ގަޑިއަށް ހއ. ދިއްދޫ ކައުންސިލަށް ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

 12މާރިޗު 2020 އިން  19މާރިޗު 2020 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު ފަހު 13:00 އަށް ދިއްދޫ ކައުންސިލްގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected] އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެން.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

 24މާރިޗު 2020 ވާ އަންގާރަ ދުވަހުގެ 11:30 ގައި ހއ. ދިއްދޫ ކައުންސިލްގެ އިދާރާގައި.

ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން

 31މާރިޗު 2020 ވާ އާދީއްތަ ދުވަހުގެ 11:30 ގައި ހއ. ދިއްދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި

މި މަސައްކަތާއިގުޅޭ ބީލަން ރަޖިސްޓްރީކުރާ ފޯމް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500019 ފޯންއާއެވެ.

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

12 މާރިޗު 2020
ހޯދާ