ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެހިކަލް އިންޖީނު ބަދަލުކޮށް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުންް

          ހދ.ނޮޅިވަރަމު ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިއޮތް Toyota Townace ވޭނުގެ އިންޖީނު ހަލާކުވެފައިވާތީ، މިހާރުހުރި ވައްތަރުގެ އިންޖީނެއް ހޯދައި ބަދަލުކޮށް، ވެހިކަލްގެ ބޮޑީ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)264/PRIV/2020/15 (03.03.2020) އިޢުލާން ވަނީ އެކަށީގެންވާ ތަރުޙީބެއް ނުލިބުމުގެ ސަބަބުން ބާޠިލުވެފައެވެ. ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ކުންފުންޏެއްގެ ފަރާތުން މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތެއްނަމަ އެކަން އެނގޭނެ ކުންފުނީގެ ލިޔުމަކާއި ހާޒިރުވާ ފަރާތުގެ އައިޑީކާޑު ކޮޕީއެއް ގެންނަންޖެހޭނެއެވެ. އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ވެރިފަރާތްނޫން ފަރާތެއް މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާނަމަ ވެރިފަރާތުގެ ލިޔުމަކާއި ހާޒިރުވާ ފަރާތުގެ އައިޑީކާޑު ކޮޕީއެއް ގެންނަންޖެހޭނެއެވެ. އެނޫން ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ.

 

  • މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 މާރިޗު 12އިން  2020 މާރިޗު 17 އަށް  ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓްކުރެއްވުން އެދެމެވެ.
  • މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 މާރިޗު18 ވާ ބުދަ ދުވަހުގެ 10:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  • މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން  2020 މާރިޗު18ވާ ބުދަ ދުވަހުގެ 11:00 ގައި ހދ.ނޮޅިވަރަމު ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ.
  • ބިޑް ހުޅުވުން އޮންނާނީ2020 މާރިޗު 25 ވާ ބުދަ ދުވަހުގެ 11:00 ގައި ހދ.ނޮޅިވަރަމު ކައުންސިލްގެ އިދާރާގައެވެ.

 

މި ބީލަމުގައި ބައިވެރިވާން އެދި ނަން ނޯޓްކުރައްވާ ފަރާތްތަކަށް، މި ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާސް މެއިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ކަރުދާސް މި އިޢުލާނާ އެޓޭޗް ކުރެވިފައި ވާނެއެވެ.

ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ

އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ.

ފޯން: 6520043

އީ-މެއިލް: [email protected]

 

11 މާރިޗު 2020
ހޯދާ