ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރޭޓް ކޯޓު
ހއ.ދިއްދޫ،
ދިވެހިރާއްޖެ.
ނަންބަރު: 04/2020/A10MC
އިޢުލާން
ހއ.ހޯރަފުށީ މެޖިސްޓްރޭޓް ކޯޓް އަޕްގްރޭޑްކުރުމަށް، ކުރެހުމާއި އެއްގޮތަށް ޢިމާރާތުގެ ކުރިމައްޗައް އިތުރުކުރެވޭބައިގެ މަސައްކަތާއި، ޢިމާރާތް މަރާމާތު ކުރުމަށް ކުރަންޖެހޭ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް
ހއ.ހޯރަފުށީ މެޖިސްޓްރޭޓްކޯޓް ހިންގުމަށް ލިބިފައިވާ އިމާރާތް އަޕްގްރޭޑްކުރުމަށް އެ އިމާރާތް މަރާމާތުކޮށް ބައި އިތުރުކުރުމުގެ މަސައްކަތް ކުރުމަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 މާރިޗު 2020 (އާދީއްތަ) ވަނަ ދުވަހުގެ 12:00 އަށް މައުލޫމާތު ސާފުކުރުމަށް ހއ.ހޯރަފުށީ މެޖިސްޓްރޭޓްކޯޓް، ނުވަތަ ހއ.ދިއްދޫ މެޖިސްޓްރޭޓްކޯޓް، ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށް ވަޑައިގެންނެވުން އެދެމެވެ. މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ.
މައުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ . އަދި، މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 22 މާރިޗު 2020
އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 12:00
އަންދާސީ ހިސާބު މިމަސައްކަތުގެ މަޢުލޫމާތު ހޯދުމަށް ވަޑައިގެންނެވި އިދާރާއަށް ހުށަހެޅޭނެއެވެ.
މިއިޢުލާނާއި ގުޅިގެން މިކޯޓްގެ ނަންބަރ A10MC/2020/01 (26 ފެބްރުވަރީ 2020) އިޢުލާނަށް ބިޑް ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލްކުރިކަމުގައި ދެންނެވީމެވެ.
15 ރަޖަބު 1441
10 މާރިޗު 2020