ދިވެހިރާއްޖެ
އދ. ދިގުރަށު ޞިއްޙީމަރުކަޒާއި އދ. ދިއްދޫ ޞިއްޙީމަރުކަޒުން ލެބޯޓްރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމްޕަލްތައް އދ. މާމިގިލީ ޞިއްޙީމަރުކަޒުގެ ލެބޯޓްރީއަށް ގެންގޮސްދޭނެ ފަރާތެއް ބޭނުންވެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް ތިރީގައި ދެންނެވިފައިވާ ތާރީޚުތަކާއި ގަޑިތަކުގައި އދ. މާމިގިލީ ޞިއްޙީމަރުކަޒަށް ނުވަތަ އދ. ދިގުރަށު ޞިއްޙީ މަރުކަޒަށް ނުވަތަ އދ. ދިއްދޫ ޞިއްޙީމަރުކަޒަށް ނުވަތަ އދ. އަތޮޅު ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން ނަންނޯޓް ކުރުމާއި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
ނަން ނޯޓްކުރުން |
11މާރިޗް2020 ވާ ބުދަ ދުވަހުން ފެށިގެން 18މާރިޗް2020 ވާ ބުދަ ދުވަހާ ހަމައަށް، ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 08:30 އިން 13:30 އަށް |
މަޢުލޫމާތު ދިނުން |
18މާރިޗް2020 ވާ ބުދަ ދުވަހު ހެނދުނު11:00 ގައި |
އަންދާސީ ހުށަހެޅުން |
19މާރިޗް2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި |
މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 18 މާރިޗް 2020 ވާ ބުދަ ދުވަހު ހެނދުނު 09:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.