|
|
މަޤާމު:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J-283618
|
ބޭނުންވާ އަދަދު:
|
01
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
ޖީ.އެސް. 4
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޖެނެރަލް ސަރވިސަސް
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ކ. އަތޮޅު މަދަރުސާ، ކ. ކާށިދޫ
|
މުސާރަ:
|
5020.00 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
1500.00 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
ސަޕޯޓިންގ ކޯ އެލަވަންސް މަހަކު 700.00 ރުފިޔާ
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- މަދަރުސާގެ މެއިލްތައް ޗެކުކޮށް ޕްރިންޓް ކުރަންޖެހޭ މެއިލްތައް ޕްރިންޓްކޮށް އެންޓްރީ ކުރުމަށް ހަވާލުކުރުމާއި ޖަވާބު ފޮނުވަންޖެހޭ މެއިލް، މެސެޖް އަދި ސިޓީތަކަށް ވެރިން ކަނޑައަޅާ ގޮތެއްގެ މަތީން ޖަވާބު ތައްޔާރުކޮށް ފޮނުވުން.
- މުވައްޒަފުންގެ އެޕްރެއިސަލް އާއިގުޅޭ އިދާރީ އެންމެހާ މަސައްކަތްތައް ނިންމަންޖެހޭ ތާރީޚަށް ނިންމާ މިނިސްޓްރީއަށް ފޮނުވުން.
- މަދަރުސާގެ މުވައްޒަފުން އެދޭ ސަރވިސް ލެޓަރ އަދި ލިޔުންފަދަ އެންމެހާ ލިޔުންތައް އެދޭތާ 3 ދުވަސްތެރޭ ނިންމާ މުވައްޒަފާ ހަވާލުކުރުން.
- މުވައްޒަފުން އެދޭ ޗުއްޓީތަކާއި ގުޅޭ އެންމެހާ ކަންކަން ސިވިލް ގަވާއިދުގައިވާގޮތުގެ މަތީން ހަމަޖެއްސުން
- މަދަރުސާއިން ހުސްވާ މަގާމުތަކަށާއި އަލަށް ހަމަޖައްސާ މަގާމުތަކަށް މުވައްޒަފުންނެގުމާއި ގުޅޭ އެންމެހާ މަސައްކަތްތައް ސިވިލް ވިއުގަ މެދުވެރިކޮށް މިނިސްޓްރީއަށް ހުށައަޅައިގެން ކުރުން
- ޓީޗަރުންގެ ޕީއޭ ޕްރޮމޯޝަންއާއި ގުޅޭ އެންމެހާ ކަންކަން ސިވިލް ވިއުގަ މެދުވެރިކޮށް މިނިސްޓްރީ އަށް ހުށައަޅައިގެން ކުރިއަށް ގެންދިޔުން.
- ޓީޗަރުންގެ ސެޓްފިކެޓް ޕްރޮމޯޝަން ހަމަޖެއްސުމަށް ބޭނުންވާ ލިޔުންތައް ތައްޔާރުކޮށް ސިވިލްސަރވިސް ކަމިޝަނަށް ހުށައަޅައިގެން ކުރިއަށް ގެންދިޔުން.
- މުވައްޒަފުންނަށް ދޭންޖެހޭ އެކި އެލަވަންސްތައް (ރިސްކު އެލަވަންސް، އީކިއު އެލަވަންސް، ފޯނު އެލަވަންސް، ޓެނުއަރޝިޕް އެލަވަންސް) ހަމަޖެއްސުމަށް މިނިސްޓްރީއަށް ހުށައަޅައިގެން ކުރިއަށް ގެންދިޔުން.
- ވަގުތީ މުވައްޒަފުންގެ ކޮންޓްރެކްޓާއިގުޅޭ އެންމެހާ ކަންކަން ކުރުން
- ބިދޭސީ ޓީޗަރުންގެ ވިސާ އާކުރުމާއި ވޯކްޕާރމިޓް އާކުރުމުގެ އެންމެހާ މަސައްކަތްތައް މިނިސްޓްރީގެ އެކްސްޕެޓްރިއޭޓް ސެކްޝަނަށް ހުށައަޅައިގެން ކުރިއަށް ގެންދިޔުން.
- ބިދޭސީ ޓީޗަރުން އަހަރީ ޗުއްޓީއަށް ގައުމަށް ދިޔުމާއި އެނބުރި އައުމުގެ ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް ދަތުރުތަކާއިގުޅޭ އެންމެހާ ކަންކަން މިނިސްޓްރީ އިން ކަނޑައަޅާ އުސޫލާއިއެއްގޮތަށް ކުރިއަށް ގެންދިޔުން.
- ބިދޭސީ ޓީޗަރުންގެ އެކޮމޮޑޭޝަން ހަމަޖެއްސުމުގައި ޓީޗަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
- މަދަރުސާގެ މުވައްޒަފުންނަށް އަންގަންޖެހޭ އެކި އެންގުންތައް ވެރިން އަންގަވާގޮތެއްގެމަތީން ތައްޔާރުކޮށް އެނގުން.
- މަދަރުސާއިން ކުރަންޖެހޭ އިއުލާނުތައް ތައްޔާރުކޮށް ގެޒެޓު ކުރުން
- މުވައްޒަފުންގެ ޕަރސަނަލް ފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން
- މަސައްކަތު މާހައުލުގައި މުވައްޒަފުންނަށް ދިމާވާ އެކިއެކި ދަތިތައް ފާހަގަކޮށް ވެރިންނަށް ހުށައަޅައިގެން ހައްލުކޮށްދިނުމަށް މަސައްކަތްކުރުން.
- މަދަރުސާގެ ނޯޓިސްބޯޑު އަޕްޑޭޓްކޮށް ބެލެހެއްޓުން.
- މެދުވެރިވާ ތަފާތު ހާލަތްތަކާ ގުޅިގެން ހަވާލުކުރެވޭ އެހެނިހެން އިދާރީ މަސައްކަތްތައް ކުރަމުން ގެންދިޔުން.
|
މަޤާމުގެ ޝަރުޠުތައް:
|
- 'ސާނަވީ' ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގުރޭޑު ލިބިފައިވުމާއިއެކު އޭގެ އިތުރުން 'ސެކަންޑަރީ ސުކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސުކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގުރޭޑު ލިބިފައިވުމާއިއެކު މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
- 'މަތީސާނަވީ' ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގުރޭޑު ލިބިފައިވުމާއިއެކު އޭގެ އިތުރުން 'ސެކަންޑަރީ ސުކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސުކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގުރޭޑު ލިބިފައިވުން.
ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިމަދަރުސާގެ އިދާރާއިން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 މާރޗް 19 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ކ.އަތޮޅު މަދަރުސާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.
|
އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2020 މާރޗް 22 އާއި 28 އާ ދެމެދު، ކ.އަތޮޅު މަދަރުސާ ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ފޭސްބުކް ޕޭޖުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިއުލާނާއިގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640036 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.
|
15 ރަޖަބް 1441
10 މާރޗް 2020
|