ދިވެހިރާއްޖެ
ނަންބަރު:- (IUL)306/306/2020/13
އިޢްލާން
ވަޒީފާގެ ފުރުޞަތު
މުނިސިޕަލް ސަރވިސް އޮފިސަރ J-317751 01 ދާއިމީ އެމް.އެސް 1 |
މަޤާމް: މަޤާމުގެ ނަންބަރ: ބޭނުންވާ ޢަދަދު: މަޤާމުގެ ގިންތި: ރޭންކް: |
|||||||||||||||||||||||||||||||||
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ކްލެސިފިކޭޝަން |
|||||||||||||||||||||||||||||||||
ރަސްމާދޫ ކައުންސިލްގެ އިދާރާ އިކޮނޮމިކް،ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ސެކްޝަން |
އޮފީސް / އިދާރާ ސެކްޝަން |
|||||||||||||||||||||||||||||||||
ރަސްމާދޫ ކައުންސިލްގެ އިދާރާ 5,610.00 ރުފިޔާ |
ވަޒީފާއަދާކުރަން ޖެހޭ ތަން: މުސާރަ: |
|||||||||||||||||||||||||||||||||
2,000.00ރުފިޔާ 700.00 ރުފިޔާ ދިވެހި ސިވިލްސަރވިސް ޤަވާއިދާއެއްގޮތަށް އިތުރުގަޑިއާއި ބަންދު ދުވަހުގެ އެލަވަންސް އަދި ރަމްޟާން ޢިނާޔަތު ލިބޭނެއެވެ.
|
ސަރވިސް އެލެވަންސް: ސަޕޯޓިންގ ކޯ އެލަވަންސް އެހެނިހެން އެލަވަންސް: |
|||||||||||||||||||||||||||||||||
|
|
|||||||||||||||||||||||||||||||||
އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑްތައް ޤަވާއިދުން ބެލެހެއްޓުމާއި ، ރަށު މީހުންގެ ރަޖިސްޓްރީ ބެލެހެއްޓުން . އުފަންދުވަހުގެ ރަޖިސްޓްރީ އާއި އުފަންދުވަހުގެ ސެޓްފިކެޓް ހަދައިދިނުން . އިކޮނޮމިކް މިނިސްޓްރީގެ ޤަވާއިދުގެ ދަށުން ވިޔަފާރި ހޮޓާފަދަ ތަންތަނާއި ގުޅޭ މައުލޫމާތުތައް ބެލެހެއްޓުމާއި، ވިޔަފާރި ރަޖިސްޓްރީކުރަން ބޭނުންވާ ފަރާތްތަކުގެ ފޯމްތައް ރަޖިސްޓްރީކުރަން ފޮނުވުމާއި، ބާޠިލްކުރަން ބޭނުންވާ ފަރާތްތަކުގެ ވިޔަފާރި ފޯމްތައް ބާޠިލްކުރަން ފޮނުވުމާގުޅޭ ކަންކަން ކުރުން އައިޑީ ކާޑް ކަލެކްޝަން ޕޮއިންޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް . ރަށުގައިއުޅޭ ބިދޭސީންގެ މައުލޫމާތުތައް ނަގައި، ރެކޯޑްތައް ޤަވާއިދުން ބެލެހެއްޓުން . ރަށުގެ ރަސްމީލިޔުންތައް އަރުސީފު ކުރުމާއި ރަށުގެ ތާރީޚާއި ޤަދީމީ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން ރަށުގެ ރަޖިސްޓަރީ ދަފުތަރު ލިޔެ ބެލެހެއްޓުން . ރަށުގެ ތަފާސް ހިސާބު ނަގައި ބެލެހެއްޓުން . 65 އަހަރުން މަތީގެ ބޭފުޅުންނަށް އެންސްޕާ މެދުވެރިކޮށް ލިބޭ ޚިދުމަތްތައް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ކުރަންހުރި މަސައްކަތްތައް ކުރުމާއި، އެމީހުންގެ މައުލޫމާތުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން ލައިސަންސް ފޮތް ދޫކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
މަޤާމުގެ މަސައްކަތާގުޅޭ ތައުލީމީ ރޮގަނކުން (އެޑްމިނިސްޓްރޭޝަން ،މެނޭޖްމަންޓް) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުން. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މިކައުންސިލްގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި www.csc.gov.mv ސިވިލްސަރވިސް ކޮމިޝަނުގެ ވެބުސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއެކު ޖަހާފައިވާ (ސީވީ) ވަޒީފާއަށް އެދޭފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމް ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓްކުރަން ނުޖެހޭނެއެވެ.)ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ނ) ސިވިލް ސާރވިސްގެ ޓްރެއިނިންގ އިންސްޓިޓިޔުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ( ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ "އަސްލާއި އެއްގޮތްކަމުގެ ތައްގަނޑުޖެހުމާއި ބެހޭ ޤަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުން. މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ އަސްލާއި އެއްގޮތްކަމުގެ ތައްގަނޑު( ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ "އަސްލާއި އެއްގޮތްކަމުގެ ތައްގަނޑުޖެހުމާއި ބެހޭ ޤަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުން. (ހ) ސިވިލް ސާރވިސް ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްއިޢްޔާ / ޖަމާތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. (ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
މި މަޤާމަށް އިންޓަވިއު ކުރެވޭނީ މި މަޤާމަށް ހުށައަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ ރަނގަޅު ފަރާތްތަކާއެވެ. މި މަޤާމުގެ އިންޓަވިއު އާއި ޕްރެޒެންޓޭޝަން ހުށައެޅުން އޮންނާނީ ރ.އަތޮޅުކައުންސިލްއިދާރާގައި ނުވަތަ އެފަރާތުންކަނޑައަޅާ ތަނެއްގައެވެ. އިންޓަވިއު އާއި ޕްރެޒެންޓޭޝަން ހުށައެޅުން ބޭއްވުމަށް ކަނޑައެޅޭ ދުވަހާއި ގަޑި އެޕްލިކޭޝަން ހުށައަޅާ ފަރާތްތަކަށް އެންގޭނެއެވެ. |
މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
މަގާމުގެ ޝަރުތުތައް:
ހުށަހަޅަންޖެހޭ ލިޔުންތައް:
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮއްނާނެ ތަނާއި، މުއްދަތު |
|||||||||||||||||||||||||||||||||
|
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:
ޝޯޓްލިސްޓްކުރުން: |
މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 19 މާރޗް 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެއިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެ އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.
މި ވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް، ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 22 މާރޗް 2020 އާއި 26 މާރޗް 2020 އާ ދެމެދު ރަސްމާދޫ ކައުންސިލް އިދާރާގައެވެ. |
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް) އާންމު ކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމު ކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށައަޅަންވާނެއެވެ. |
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6580049 ނަންބަރު ފޯނާއެވެ. އީ މެއިލް ކުރައްވާނީ [email protected] އަށެވެ.
ސިވިލް ސާރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލްތައް އަދި އެއުޞޫލުތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސާރވިސް
ކޮމިޝަންގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "ޢައްޔަނުކުރުމުގެ އުޞޫލާއި ގުޅޭ" hppt://www.scs.gov.mv.dv/recruitment-usoolu)) އިން ލިބެން ހުންނާނެއެވެ.
14 ރަޖަބު 1441
09 މާރޗް 2020