ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމާއިގުޅޭ
                                އިންޖީނުގެ ޢިމާރާތްކުރެވިފައިވާ ގޯތީގެ ހުޅަނގާއި ދެކުނުން މިގޯއްޗަށް އިތުރުކުރުމަށް ހަމަޖެހިފައިވާ ބިމުގައި ހުދުކުލައިން ނަންބަރުޖެހިފައިވާ ރުއްގަހުގެވެރިންނާއި އަދި މިރުއްގަސް އަމިއްލަބޭނުމަށް ނެގުމަށް ބޭނުންވާ ވެރިފަރާތައް ހޯދަންބޭނުންވެއެވެ. ވީމާ، ރުއް ނުވަތަ ގަހުގައި ޖެހިފައިވާ ނަންބަރާއި ވެރިފަރާތް އެނގޭނޭހެން 16 މާރިޗު 2020 ވަނަ ދުވަހުގެ 13:30 ގެ ކުރިން މިއިދާރާއަށް ލިޔުމުން ހުށަހެޅުއްވުންއެދެމެވެ. މިއިޢުލާނާއިއެކު ރުއްގަހުގެ ލިސްޓް އާއްމުކުރެވިފައިވާނޭކަމުގައި ދެންނެވީމެވެ.
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރ 7980047 ނުވަތަ 6780041 ފޯނާގުޅުއްވުންއެދެމެވެ.
ވީމާ، އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.
             09 މާރިޗު 2020
            
        
                    ހޯދާ  
                
                 
                    