ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
05 ގޮނޑި ރޭވުމާއި، 01 އެއާކޮންޑިޝަން ހަރުކުރުމާބެހޭ.

އިޢުލާން

 

 

05 ގޮނޑި ރޭވުމާއި، 01 އެއާކޮންޑިޝަން ހަރުކުރުމާބެހޭ.

 

             މިއިދާރާއިން އެއާކޮންޑިޝަނަކާއި، 05 ގޮނޑި ގަނެގެން ގެނެސްދިނުމުން އަމިއްލަ ތަކެތީގައި މިރަށު ޕްރީ ސްކޫލްގެ އޮފީސްބައިގައި އެއާކޮންޑިޝަން ހަރުކޮށް އިންސްޓޯލް ކުރުމާއި، 05 ގޮނޑި ރާވައިދޭނެ ފަރާތެއް ހޯދަންކުރި ނަންބަރު (IUL)387/387/2019/69 (19 ނޮވެމްބަރ 2019)ގެ އިއުލާނާގުޅިގެން އެއްވެސްފަރާތަކުން އެސްޓިމޭޓު ހުށަހަޅާފައިނުވާތީ، އެއިއުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

 

            ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 12 މާރިޗު 2020 ވަނަދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ އަގާއި މުއްދަތު އެނގޭގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

                  މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.

 

                  14 ރަޖަބު 1441

                  09 މާރިޗު 2020

09 މާރިޗު 2020
ހޯދާ