ދިވެހިރާއްޖެ
އިޢުލާން
ދެއްވަދޫ ޞިއްޙީ މަރުކަޒުގެ ޖާގައިތުރުކުރުމަށް އަލަށް ޢިމާރާތް ކުރެވޭ ޢިމާރާތުގެ މަސައްކަތާބެހޭ
ގއ.ދެއްވަދޫ ޞިއްޙީ މަރުކަޒުގެ ޖާގައިތުރުކުރުމަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަންފޮތް ގަތުމަށްފަހު ތިރީގައި ބަޔާންކޮށްފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަން ފޮތެއްގެ އަގަކީ -/100 (އެއްސަތޭކަ) ރުފިޔާއެވެ. ބީލަން ފޮތް ގަންނަން ލިބޭނީ 09 މާރިޗް 2020 ވާ ހޯމަ ދުވަހުން ފެށިގެން 15 މާރިޗް 2020 ވާ އާދީއްތަ ދުވަހުގެ މެންދުރު 13.00ގެ ނިޔަލަށް ގއ.ދެއްވަދޫ ކައުންސިލްގެ އިދާރާއިންނެވެ.
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
ޕްރީބިޑް މީޓިންގ |
ގއ.ދެއްވަދޫ ކައުންސިލްގެ އިދާރާ |
16 މާރިޗް 2020 |
ހޯމަ |
ހެނދުނު 11.00 |
ބިޑް ހުށަހެޅުން |
ގއ.ދެއްވަދޫ ކައުންސިލްގެ އިދާރާ |
23 މާރިޗް 2020 |
ހޯމަ |
ހެނދުނު 11.00 |
މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
13 ރަޖަބް 1441
08 މާރިޗް 2020