ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން

މަޤާމް:

އެސިސްޓެންޓް ލައިބްރޭރިއަން

މަޤާމުގެ ނަމްބަރު:

J-128049

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް.3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޤައުމީ ކުތުބުޚާނާ

މަސައްކަތު ގަޑި

ހެނދުނު 08:00 ން ހަވީރު 14:00 ށް ދުވާލަކު 6 ގަޑިއިރުއެވެ. 30 މިނިޓް ބްރޭކް ލިބޭނެ.

މުސާރަ:        

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/700 ރުފިޔާ
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  3. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  • އިންސްޓިޓިއުޓް އޮފް ލައިބްރަރީ އެންޑް އިންފޯމޭޝަން ސަރވިސަސްގެ ސްޓެޓިސްޓިކްސް ކޮމްޕައިލްކުރުން.
  • ޓްރެއިނިން ރިޕޯޓް އަދި ސްޓެޓިސްޓިކްސް ތައްޔާރުކުރުމުގައި އެހީވުން.
  • ލައިބްރަރީގެ އެހެން ޔުނިޓުތަކުން ޓްރޭނިންގ ފީޑްބެކް ހޯދާ އެއަށް ޓްރޭނިންގ ސްޓްރެޓަޖީ ތައްޔާރުކުރުމުގައި ޢަމަލީގޮތުން ބައިވެރިވުން.
  • އިންޓާނަލް އަދި އެކްސްޓާނަލް ޓްރޭނިންގ ޕްރޮގްރާމްތައް ރާވާ ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވުން.
  • ރާއްޖޭގެ ހުރިހާ ލައިބްރަރީތަކެއް ހިމެނޭގޮތަށް ފޯކަލް ޕޮއިންޓްގެ ކޮންޓެކްޓް ލިސްޓް އަޕްޑޭޓްކުރުން.
  • މޯލްޑިވްސް ލައިބްރަރީ ކޮންސޯޝިއަމްގެ އިދާރީ މަސައްކަތްތައްކުރުން.
  • ލައިބްރަރީ އިން ލިބެންހުންނަ އީރިސޯސް އަދި ރިސާރޗް ޑާޓާބޭސް ތަކަށް ކަސްޓަމަރުންނަށް ދަތިކަމެއްނެތި ހިދުމަތްލިބޭނެ އިންތިޒާމް ހަމަޖެއްސުން.
  • ޕްރޮމޯޝަނަލް ފްލަޔާރސް ހަދައި ސޯޝަލް މީޑިއާ އަދި އެހެން ޕްލެޓްފޯމްތަކުގައި ޕްރޮމޯޓްކުރުމުގައި އެހީތެރިވުން.
  • ޓްރޭނިންގ އިވެލުއޭޝަން ބަލަހައްޓާ ކޮމްޕައިލްކުރމާއި އެކު ޓްރޭނިންގ ރިޕޯޓްލިޔުން
  • ޓްރެއިނިންތަކުގެ ރެކޯޑު/އާކައިވް ފައިލްތައް ބެލެހެއްޓުން.
  • ޓްރޭނިންގ ހިންގުމުގައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.
  • ޔުނިޓްތަކުންނާއި އަދި އާއްމުންގެ ފީޑްބޭކް ހޯދުމުގައި އަދި ޓްރޭނިންގތަކާއި ޕްރޮގްރާމްތައް ރާވާ ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވުން.
  • ރާއްޖޭގެ ލައިބްރަރީ ދާއިރާގެ ޓްރޭނިންއާއި ބެހޭގޮތުން ސަރވޭ ކުރުން
  • މަދުވެގެން ހަފްތާއަކު އެއްފަހަރު ޔުނިޓް ހެޑާއި ބައްދަލުކުރުން
  • ލައިބްރަރީގެ ފަރާތުން އިންތިޒާމްކުރާ ކޯސް، ޓްރޭނިންގ ޕްރޮގްރާމް، ވޯރކްޝޮޕް، ޖަލްސާ، ސެމިނަރ އަދި މިނޫންވެސް މިފަދަ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެއްބާރުލުން ދިނުން.
  • ދުވަހުން ދުވަހަށް ޔައުމިއްޔާ ލިޔުން.
  • ޔުނިޓަށް ބޭނުންވާ ޕްރޮސީޖަރތައް އައިޑެންޓިފައިކޮށް ޔުނިޓް ހެޑަށް އެންގުން.
  • މަސައްކަތާއިގުޅޭ ހުރިހާ މުއާމަލާތްތައް ލިޔުމުން މުވާޞަލާތު ކުރުން، މިގޮތުން އީމެއިލުން މުޢާމަލާތުކުރުމަށް ސަމާލުކަން ދިނުން، ޤަވާއިދުން އީމެއިލް ޗެކްކޮށް އީމެއިލް ތަކަށް ރިޕްލައި ކުރުން.
  • ހަވާލުކުރެވިފައިވާ މަސައްކަތާއި ގުޅިގެން އޮފީސް ތަމްސީލްކުރުން
  • އިންސްޓިޓިއުޓްގެ ބޯޑު މީޓިންގ ބޭއްވުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން
  • އިންސްޓިޓިއުޓްގެ ބޯޑު މީޓިންގ ޔައުމިއްޔާ ލިޔުން
  • އޮފީހުގެ މަސައްކަތް އިތުރަށް ރަގަޅުކުރެވޭނެ ގޮތާއި މެދު ބިނާކުރަނިވި ހިޔާލު ފާޅުކުރުން
  • އޮފީހުން އިންތިޒާމްކޮށް އަދި މީގެ އިތުރުން ހޯދައިދޭ ޓްރޭނިންގ ފުރުސަތުތަކުގައި ބައިވެރިވުން
  • އެންމެހާ ލިޔުންތަކުގެ ފައިލް  އަދި ނެޓްވާކް ފައިލްސް ބެލެހެއްޓުން.
  • މަސައްކަތުގެ މަންތްލީ، ވީކްލީ، އަދި ޑެއިލީ ޕްލޭންއެއް ހެދުން
  • މުވައްޒަފުންނާއި ކަސްޓަމަރުންނަށް މުއާމަލާތްކުރުމުގައި ރިވެތި އަދަބާއި ލާމަސީލު ނަމޫނާއަކަށްވުން.
  • މުވައްޒަފުންނާއި ކަސްޓަމަރުންގެ މަޢުލޫމާތުތަކަށް ރައްކާތެރިވެ ސިއްރު ހިފެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ފޯމުގެ ސޮފްޓް ކޮޕީ ގެޒެޓްގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.   

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 މާރޗް 17 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން، ޤައުމީ ކުތުބުޚާނާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު، ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ، 2020 މާރޗް 22 އާއި 2020 އޭޕްރީލް  23 އާ ދެމެދު، ޤައުމީ ކުތުބުޚާނާ، (މިއުޒިއަމް ބިލްޑިން އޭ) ގައެވެ.

ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓްލިސްޓް ކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3007200 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

                                   13 ރަޖަބު 1441

08 މާރިޗު 2020
ހޯދާ