މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ތުޅާދޫން ދޫކުރުމަށް ހަމަޖެހިފައިވާ 50 ހައުސިންގ ޔުނިޓަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓްދީފައިވާ ގޮތުގެވަގުތީ ލިސްޓް

ބ. ތުޅާދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ 50 ގޭގެ ތެރެއިން ބ. ތުޅާދޫ ރައްޔިތުންނަށް ދޫކުރާ 45 ގެއަށާއި ( ކެޓަގަރީ A ) އަދި ބ.ތުޅާދޫއަށް ދިރިއުޅުން ބަދަލު ކުރަން ބޭނުންވާ ފަރާތްތަކަށް ދޫކުރާ 5 ގެއަށް ( ކެޓަގަރީB ) އަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް މި އިޢުލާނާއެކު އާންމު ކުރީމެވެ.

ވީމާ، މި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވައިލައިފީމެވެ. ޝަކުވާ ހުށައެޅުމުގެ ސުންގަޑިއަކީ  26 މާރޗް 2020 ވަނަ ދުވަހުގެ 14:00  އެވެ.  ޝަކުވާ ހުށައަޅަން ވާނީ ސިޓީ އަކުންނެވެ. އަދި ޝަކުވާއަށް އެދި ހުށައަޅާ ސިޓީގައި ޝަކުވާ ހުށައަޅާ ފަރާތުގެ ފޯނު ނަންބަރާއި އައިޑީކާޑް ނަންބަރު އޮންނަންވާނެއެވެ. އަގަބަހުންނާއި ފޯނުން ހުށައެޅޭ ޝަކުވާތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 އަދި ދަންނަވަމެވެ. މަތީގައި ދެންނެވިފައިވާ ބ. ތުޅާދޫ ރައްޔިތުންނަށް ދޫކުރާ 45 ގެއަށާއި ( ކެޓަގަރީ A ) އަދި ބ.ތުޅާދޫއަށް ދިރިއުޅުން ބަދަލު ކުރަން ބޭނުންވާ ފަރާތްތަކަށް ދޫކުރާ 5 ގެއަށް ( ކެޓަގަރީB ) އަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް ތުޅާދޫ ކައުންސިލްގެ އިދާރާގެ ނޯޓިސް ބޯޑުންނާއި، ރަސްމީ ވެބްސައިޓް www.thulhaadhoo.gov.mv ން އަދި ގެޒެޓުން ފެނިވަޑައިގަންނަވާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށްއަންގާ އިޢުލާނުކުރީމެވެ.

08 މާރިޗު 2020
ހޯދާ