މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް އައްވާބީގެ ކާޕެޓު ބަދަލުކުރުމަށްޓަކައި ބޭނުންވާ ކާޕެޓު ފޯރުކޮށްދީ އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

 

 

                                       ނަންބަރު: IUL)285/285/2020/10)

އިޢުލާން

މަސްޖިދުލް އައްވާބީގެ ކާޕެޓު ބަދަލުކުރުމަށްޓަކައި ބޭނުންވާ ކާޕެޓު ފޯރުކޮށްދީ އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

              ނ.ހެނބަދޫގެ މަސްޖިދުލް އައްވާބީގެ ކާޕެޓުބަދަލުކުރުމަށްޓަކައި ބޭނުންވާ ކާޕެޓު ފޯރުކޮށްދީ މިސްކިތުގައި ކާޕެޓު އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 މާރިޗް 2020 ވާ ހޯމަ ދުވަހުގެ 13:00ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 މާރިޗް 2020 ވާ އާދިއްތަ ދުވަހުގެ 13:00ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

            މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭނެ  ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. މި އިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 ރަޖަބު 1441

 05 މާރިޗް 2020

                                                                                                              އާދަމް ސަމީރު

                                      ހެނބަދޫ ކައުންސިލްގެ ރައީސް

 

05 މާރިޗު 2020
ހޯދާ