އިޢުލާނު
|
މަޤާމް:
|
ސީނިއަރ އެކައުންޓް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J-312205,J-312203
|
ބޭނުންވާ އަދަދު:
|
02
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
އެމް.އެސް-3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 01
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ލ.ގަމު ރީޖަނަލް ހޮސްޕިޓަލް
|
މުސާރަ:
|
-/7035 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
-/2000 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ޓެކްނިކަލް ކޯ ގެ ޝަރުތު ފުރިހަމަވާ ފަރާތެއްނަމަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.
- މީގެ އިތުރުން މަޤާމަށް ކަނޑައެޅިފައިވާ ޢިނާޔަތްތައް.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ފައިއިނޭންސް ޔުނިޓްގެ އިސްވެރިއެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުން ، އަދި ޔުނިޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ބަލާ ސްޕަވައިޒް ކުރުން.
- ހޮސްޕިޓަލާއި ސިއްޙީ މަރުކަޒުގެ ބަޖެޓް ތައްޔާރުކޮށް މިނިސްޓްރީއަށް ފޮނުވުން. ފައިސާ ޚަރަދު ކުރުމުގައި މެނޭޖްމެންޓަށް އިރުޝާދު ދިނުން.
- ހޮސްޕިޓަލުގެ ބަޖެޓުން ކުރެވޭ ޚަރަދުތައް ޗެކްކޮށް ބެލުމާއި ސަރުކާރުގެ މުދަލާއި ފައިސާގެ ހިސާބުތައް ބެލެހެއްޓުމުގެ ޤަވާއިދާއި އެއްގޮތަށް ޚަރަދުތައް ކުރުމާއި ހިސާބުތައް ބެލެހެއްޓުމުގެ ކަންތައް ސްޕަވައިޒްކޮށް ހެދުން.
- ޞިއްޙީމަރުކަޒުތަކާއި ހޮސްޕިޓަލުގެ މުވައްޒަފުންގެ މުސާރައާއި އެލަވަންސްތަކާއި އިނާޔަތްތައް ކަނޑައެޅިފައިވާ ދުވަހަށް ދިނުމަށް އެޗް. އާރާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އިތުރުގަޑީގެ ޝީޓްތައް ޗެކްކުރުމާއި އެހެނިހެން ހިސާބު ޝީޓްތައް ޗެކްކޮށް ހެދުމާއިއެކު މުވައްޒަފުންގެ މުސާރައާއި އިނާޔަތް ދިނުން.
- ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލުގެ މުވައްޒަފުންގެ މުސާރައާއި އެލަވަންސާއި އިނާޔަތާއި ޚަރަދަށް ބޭނުންވާ ފައިސާ ހޯދުމަށް ކަމާއި ބެހޭ ފަރާތްތަކަށް ކަޑައެޅިފައިވާ މުއްދަތުގާ ތަފްޞީލް ފޮނުވާތޯ ބަލައި ފައިސާ ހޯދުމަށް މަސައްކަތް ކުރުން.
- ބޭންކް އެކައުންޓްތައް ރަގަޅަށް ބަލަހައްޓަމުން ދޭތޯ އާއި ބަޖެޓް ފައިސާ އާއި ބަޖެޓާއި ނުބެހޭ ފައިސާ ގެ ހިސާބުތައް ދުވަހުން ދުވަހަށް ނިންމަމުން ދޭތޯ ބަލާ އެހީތެރިވުން.
- ބަޖެޓް ސެކްޝަނަށް ލިބޭ ބިލްތަކަށް ލަސްނުކޮށް ފައިސާ ދެއްކުމުގެ ކަންތައް ބަލަހައްޓާ ބިލްތަކާއި ޚަރަދު ބައިތައް ރަގަޅުތޯ ބަލާ ވައުޗަރުގާ ސޮއި ކުރުވުން ، ތިޖޫރީގައި ހުންނަ ފައިސާ އާއި ޗެކްތަކުގެ ހިސާބުތައް މަހަކު އެއްފަހަރު ޗެކްކޮށް ބަލައި ތިޖޫރީ ރިޕޯޓް ތައްޔާރުކުރުވުން.
- ފައިސާ އާއި ބެހޭ ރިޕޯޓްތައް ކަޑައެޅިފައިވާ މުއްދަތަށް ތައްޔާރުކުރުވުމާއި ކަމާއި ބެހޭ ފަރާތަށް ފޮނުވުމުގެ ކަންތައް ބެލެހެއްޓުން.
- އާމްދަނީ އަށް ލިބޭ ފައިސާ ދުވަހުން ދުވަހަށް ޖަމާވޭތޯ ބަލާ އެކަން ކުރުވުން.
- އަތޮޅުގެ ޞިއްޙީ މަރުކަޒުތަކުން އާމްދަނީ އަށް ލިބޭ ފައިސާ ގެ މަސްދުވަހުގެ ރިޕޯޓް ކަމާއި ބެހޭ ފަރާތަށް މުއްދަތަށް ފޮނުވޭތޯ ބަލާ އެކަން ކުރުވުން.
- ޞިއްޙީ މަރުކަޒުތަކުން ހޮސްޕިޓަލަށް އާމްދަނީ އަށް ލިބޭ ފައިސާ މަސްނިމުމުން އާމްދަނީ އެކައުންޓަށް ޖަމާކުރެވޭތޯ ބަލާއެކަން ޤަވާއިދާއި އެއްގޮތަށް ހިގާތޯ ބެލުން.
- ހޮސްޕިޓަލުން ދެވޭ އަގުނަގާ ޚިދްމަތްތަކުގެ ތެރެއިން އަގުނަގާ ޚިދްމަތްތަކަށް ހެދިފައިވާ ބިލްތަކަށް ފައިސާ ލިބޭތޯ ބަލާ އެކަން ޤަވާއިދާއި އެއްގޮތަށް ހިގާތޯ ބެލުން.
- ބޭންކް އެކައުންޓްތައް ރަގަޅަށް ބަލަހައްޓަމުން ދޭތޯ އާއި ބަޖެޓް ފައިސާ އާއި ބަޖެޓާއި ނުބެހޭ ފައިސާ ގެ ހިސާބުތައް ދުވަހުން ދުވަހަށް ނިންމަމުން ދޭތޯ ބަލާ އެހީތެރިވުން.
- ހޮސްޕިޓަލަށް ލިބެންޖެހޭ ފައިސާއެއްވާނަމަ އެފައިސާއެއް ހޯދުމަށް ގަވާއިދާއި އެއްގޮތައް މަސައްކަތް ކޮށް އެފައިސާ ނުލިބިވާނަމަ ހޮސްޕިޓަލްގެ ވެރިންނަށް އަންގާ އެފައިސާ ހޯދުމަށް ބާރުއެޅުން.
- ތިޖޫރީގައި ހުންނަ ފައިސާ އާއި ޗެކްތަކުގެ ހިސާބުތައް މަހަކު އެއްފަހަރު ޗެކްކޮށް ބަލައި ތިޖޫރީ ރިޕޯޓް ތައްޔާރުކުރުވުން.
- ފައިސާ އާއި ބެހޭ ރިޕޯޓްތައް ކަޑައެޅިފައިވާ މުއްދަތަށް ތައްޔާރުކުރުވުމާއި ކަމާއި ބެހޭ ފަރާތަށް ފޮނުވުމުގެ ކަންތައް ބެލެހެއްޓުން.
- ޚަރަދުތައް ލިބިފައިވާ ބަޖެޓާއި އެއްގޮތަށް ކޮންޓްރޯލް ކުރުމަށް ބާރުއަޅައި މަސައްކަތް ކުރުން ، ހޮސްޕިޓަލުގެ ރެސެޕްޝަން އިން ބަލައިގަންނަ ފައިސާ އާއި އެމުވައްޒަފުން ފައިސާއާއި ގުޅުންހުރި މަސައްކަތް ކުރަމުންދާ ގޮތްބަލާ މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
|
މަޤާމުގެ ޝަރުޠުތައް:
ތައުލީމީ ރޮނގުތައް:
ގުޅޭ ވަޒީފާގެ ދާއިރާތައް:
|
- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފާވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
- މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.
- ފައިނޭންސް، އެކައުންޓިންގ
- ފައިނޭންސް، އެކައުންޓިންގ
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގެ އޮފީސް ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
ޝޯޓް ލިސްޓްކުރުން:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 މާރިޗު 2020 ގެ 14:00 ގެ ކުރިން، ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގެ އިދާރީ ސެކްޝަނަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 17 މާރިޗު 2020 އާއި 31 މާރިޗު 2020 އާ ދެމެދު، ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގެ އިދާރީސެކްޝަން ގައެވެ.
|
''ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)'' އާންމުކުރުން:
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދޫ ނޫން 5 ދުވަހުގެ ތެރޭގައި ''ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)'' އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800026 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|