ދިވެހިރާއްޖެ
ނަންބަރު:IUL)120/1/2020/27)
އިޢުލާން
2020 ވަނަ އަހަރުގެ އެޕްރީލް ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢާއްމު އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުން:
2020 ވަނަ އަހަރުގެ އެޕްރީލް މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢާއްމު އިމްތިޙާނުގެ އެޕްލިކޭޝަން ފޯމު ދޫކުރުމާއި ފައިސާބަލައިގަތުން 2020 މާރިޗު 08 އިން ފެށިގެން 2020 މާރިޗު 19 ވަނަ ދުވަހުގެ ނިޔަލަށް މިޑިޕާޓްމަންޓުން ކުރިއަށް ގެންދާނެއެވެ. އެޕްލިކޭޝަން ފޯމާއި ފީޝީޓު މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި މިޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.
ފޯމު ދޫކުރުމާއި، ފޯމު ޗެކުކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 8300 ން 1330 އަށެވެ. ފޯމު ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުން އެދެމެވެ.
10 ރަޖަބު 1441
05 މާރިޗު 2020