އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.ހަންޏާމީދޫ އެދުރުހިޔާ އިމާރާތުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުން

          އދ.ހަންޏާމީދޫ އެދުރުހިޔާ ބިމުގައި ކުރުމަށް ހަމަޖެހިފައިވާ އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)347/347/2020/8 އިޢުލާނާއި ގުޅިގެން އެއްވެސްފަރާތަކުން ބިޑު ހުށަހަޅާފައި ނުވާތީވެ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

          ވީމާ، މިމަސައްކަތް އަމިއްލަތަކެތީގައި މި އިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް ކޮށްދިނުމަށް ޝައުޤުވެރިވެލަށްވާ ފަރާތްތަކަށް ބިޑު ހުށަހެޅުއްވުމުގެ ދައުވަތު އަރުވަމެވެ.

         މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެށް 15 މާރިޗު 2020 ވާ އާދީއްތަ ދުވަހުގެ 13:00ގައި މިއިދާރާގައި އޮންނާނެއެވެ.

         މި ކަމަށް އެދި ބިޑު ހުށައެޅޭނީ މިއިދާރާގައި ރަޖިސްޓްރީ ކުރާފަރާތްތަކަށެވެ.

         ބިޑުހުށަހެޅުމަށް ރަޖިސްޓްރީ ކުރުން ކުރިއަށް ގެންދާނީ 5 މާރިޗު 2020 އިން 15 މާރިޗު 2020 އަށް ބަންދުނޫން ކޮންމެދުވަހެއްގެ 9:00 އިން 12:00އަށް މި އިދާރާގައެވެ. ރަޖިސްޓްރީ ކުރަން އެދޭފަރާތްތަކުން މި އިދާރާއަށް ދުރުވެ ނުވަތަ މި އިދާރައިގެ ނަންބަރު 6680056 ފޯނަށް ގުޅުއްވަވައިގެން ކުރިޔަށް ގެންދެވުން އެދެމެވެ.

         ބިޑު ހުށަހެޅުމާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 17 މާރިޗު 2020ވާ އަންގާރަދުވަހުގެ 13:00ގައި މި އިދާރާގައެވެ.

        އަންދާސީ ހިސާބު ހުށައެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. މީގެއިތުރުން އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ދިވެހިރއްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ.

04 މާރިޗު 2020
ހޯދާ