ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
19 އަހަރުން ދަށުގެ 4ވަނަ ޕްރެޒިޓެންޓްސް ކަޕް ކްރިކެޓް މުބާރާތަށް (50 އޯވަރު)

19 އަހަރުން ދަށުގެ 4ވަނަ ޕްރެޒިޓެންޓްސް ކަޕް ކްރިކެޓް މުބާރާތަށް (50 އޯވަރު)

 

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ 4 ވަނަ ޕްރެޒިޑެންޓްސް ކަޕް މުބާރަތް (19 އަހަރުން ދަށުގެ) ވަނީ 8 މާރިޗު 2020 އިން 27 މާރިޗް 2020 އާއި ހަމައަށް ބޭއްވުމަށް ހަމަޖެހިފައެވެ. މިމުބާރާތުގައި ކުޅޭނީ 50 އޯވަރުގެ މެޗުތަކެވެ.

 4 ވަނަ ޕްރެޒިޑެންޓްސް ކަޕްގެ ޓީމުތައް ސްޕޮންސަރ ކޮއްދެވޭނެ ކްލަބްތަކަށް މިފުރުސަތު ހުޅުވާލަމެވެ. އަދި ޓީމުތައް ސްޕޮންސަރ ކޮއްދެވޭނެ ކްލަބްތަކަށް ދަޢުވަތު އަރުވަމެވެ. މިމުބާރާތުގައި ޓީމުތަކަށް ކުދިން ހޮވާނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިންނެވެ. ހުރިހާ ކްލަބްތަކަށް ހަމަހަމަވާގޮތަށް ޓީމުތައް ބަހާނެ ވާހަކަ ދަންނަވަމެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 7 މާރިޗު 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އަށް ލިޔުމަކުން ހުށައެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 7970044 ނަންބަރާއި ގުޅުއްވުން އެދެމެވެ.  

 

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މާލެ ސްޕޯޓްސް ކޮމްޕްލެކްސް

ފޯން: 3325503

[email protected]

04 މާރިޗު 2020
ހޯދާ