ދިވެހިރާއްޖެ
ކުނިބޭރުކޮށްދޭނެ ފަރާތެއް ހޯދުން
ވ.ރަކީދޫ ކުނި އަޅާސަރަޙައްދުގައި ޖަމާކޮށްކޮށްފައިވާ ފަނާނުވާޒާތުގެކުނި ރަށުން ބޭރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 މާރިޗް 2020 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިކައުންސިލް އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 17 މާރިޗް 2020 ވާ އަންގާރަ ދުވަހުގެ 13:30 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.
ކުންފުންޏެއްގެ ފަރާތުން ނުވަތަ އަމިއްލަ ފަރާތެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެމީހަކު ތަމްސީލްކުރަނީ ކޮންފަރާތެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ. މައުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވާފަރާތްތަކުން އެއްފަރާތަށްވުރެ ގިނަފާރާތެއް ތަމްޞީލެއް ނުކުރެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވެ ވަޑައިނުގަންނަވާ ފަރާތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ.
އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މި މަސައްކަތް ޙަވާލުކުރެވޭނީ ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން މާކްސް ދީގެން އެންމެ މަތީ މާކްސް ލިބިލައްވާ ފަރާތަކަށެވެ.
ހުށަހަޅާފައިވާ އަގަށް (90 އިންސައްތަ)
މިފަދަ މަސައްކަތްކުރުމުގެ ތަޖްރިބާއަށް(10 އިންސައްތަ)
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރ:6700602/9688845 ފޯނާއި ގުޅުއްވުމަށް ދަންނަވަމެވެ.
މިހެންވެ، މިކަން އާންމުކޮށްއަންގައި އިޢުލާން ކުރީމެވެ.
09 ރަޖަބު 1441
05މާރިޗް 2020