ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1441 ވަނަ އަހަރުގެ ހދ.މަކުނުދޫ ކައުންސިލްގެ ޤުރުޢާން މުބާރާތް އައުޓްސޯސްކުރުން

1441 ކައުންސިލް ޤުރުއާން މުބާރާތާގުޅޭ

 

1441 ވަނަ އަހަރުގެ އަތޮޅު މުބާރާތަށް މަކުނުދޫ އިން ތަމްޞީލްކުރާ ޓީމު ނެގުމަށްޓަކައި، "1441 ވަނަ އަހަރުގެ ހދ.މަކުނުދޫ ޤުރުއާން މުބާރާތް" ބާއްވަން (ހޯސްޓް ކުރުމަށް) ގަސްދުކުރައްވާ ފަރާތްތަކުން އެކަމަށްއެދި ޕްރޮޕޯސަލްއެއް ތައްޔާރު ކުރައްވާ 12 މާރިޗު 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ ޕްރޮޕޯސަލް ހުށަހެޅުމަށް ދަންނަވަމެވެ. ޕްރޮޕޯސަލް ހުށަހެޅުއްވޭނީ ރަޖިސްޓްރީ ކުރިވިފައިވާ ކުލަބް ޖަމުއިއްޔާތަކާއި،  އަމިއްލަ ފަރުދުންގެ ވިޔަފާރި ނުވަތަ ކުންފުނި ވިޔަފާރި ރަޖިސްޓްރީ އޮންނަފަރާތްތަކަށެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ވިޔަފާރިކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ އޮންނަ ފަރާތުގެ އިސްބޭފުޅަކު ބައިވެރިވެލެއްވުން އެދެމެވެ. މުބާރާތް ހޯސްޓުކުރުމަށް ދޫކުރާއިރު އިސްކަންދޭނީ ރަށުފެންވަރުގައި ޤުރުއާން މުބާރާތް ބައްވާފައިވާ ތަޖުރިބާހުރި ފަރާތްތަކަށާއި، މިކައުންސިލުން އެންމެ ޚަރަދު ކުޑަކޮށް މުބާރާތުގެ ފެންވަރު ރަނގަޅު އިންތިޒާމެއްގެ މަތިން ބޭއްވުމަށް ހުށަހަޅާ ފަރާތަކަށެވެ. "1441 ވަނަ އަހަރުގެ ހދ.މަކުނުދޫ ކައުންސިލް ޤުރުއާން މުބާރާތް" ބޭއްވުމަށް ޤަސްދުކުރެވިފައިވަނީ 2020 ވަނަ އަހަރުގެ މާރިޗު 19 އިން 21 އަށެވެ.

މިމުބާރާތަށް ހިނގާނޭކަމަށް އަންދާޒާކުރެވޭ ބަޖެޓް ތައްޔާރުކުރަންވީގޮތުގެ ނަމޫނާ މަކުނުދޫ ކައުންސިލްގެ ވެބްސައިޓްގެ http://makunudhoo.gov.mv/ ޑައުންލޯޑުސް އިން ލިބެން ހުންނާނެއެވެ.

04 މާރިޗު 2020
ހޯދާ