ދިވެހިރާއްޖެ
`
`
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދުވާފަރު، ދިވެހިރާއްޖެ ނަމްބަރ: (IUL)304-MS/304/2020/21
އިޢުލާނު
ވަޒީފާގެ ފުރުޞަތު:
މަޤާމް: ބަނދަރު ބަލަހައްޓާ މީހާ
ބޭނުންވާ ޢަދަދު: 2 (ދޭއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުއޮތްތަން: މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ވަޒީފާ އަދާކުރަންޖެހޭ ތަން: ރ. ދުވާފަރު ކައުންސިލްގެ އިދާރާ (ރ. ދުވާފަރު ބަނދަރު)
މުސާރަ: މަހަކު 3500.00 ރ (ތިންހާސް ފަސްސަތޭކަ ރުފިޔާ)
އެލަވަންސް: މަހަކު 1000.00 ރ (އެއްހާސް ރުފިޔާ)
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ރ. ދުވާފަރު ބަނދަރުގެ ފަޅުތެރެއަށް އެޅޭ ކުނިތައް ނަގައި ސާފުކުރުން.
- ރ. ދުވާފަރުގެ ބަނދަރު ސަރަހައްދު ރީތިކޮށް ސާފުކޮށް ބެލެހެއްޓުން.
- ދަތުރުވެރިންގެ ހިޔާ ސާފުކޮށް ބެލެހެއްޓުން.
- ރ. ދުވާފަރުގެ ބަނދަރުގައި ހަދާފައިވާ ބުޑުތަކާއި މޮނިޔުމަންޓްތަކުގެ ކައިރި ސާފުކޮށް ބެލެހެއްޓުން.
- ރ. ދުވާފަރުގެ ބަނދަރުގައި ހަރުކޮށްފައިވާ ބަނދަރު ބޯޑުތަކާއި އެއްގޮތަށް އޮޑިދޯނިފަހަރު ތަރުތީބުކުރުވުން.
- ރ. ދުވާފަރުގެ ބަނދަރުގައި ހަރުކޮށްފައިވާ ކަރަންޓު ބޯޑުތަކުން ކަރަންޓް ރ. ދުވާފަރު ކައުންސިލްގެ އިދާރާއިން އަންގާ ގޮތަކަށް ކަރަންޓަށް އެދޭ ފަރާތްތަކަށް ކަރަންޓު ދޫކުރުން.
- ރ. ދުވާފަރު ފަޅުތެރެ ބޭނުންކުރުމުގެ އުސޫލާއި އެއްގޮތަށް ޢަމަލުކުރުން އަދި ރ. ދުވާފަރު ކައުންސިލްގެ އިދާރާއަށް ރިޕޯޓް ކުރުން.
- މީގެ އިތުރުން މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭގޮތުން ރ. ދުވާފަރު ކައުންސިލްގެ އިދާރާއިން އަންގާ ކަމެއް ކުރުން
މަޤާމުގެ ޝަރުތުތައް: 1. ލިޔަންކިޔަން އެނގުން (ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.)
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން
ހީވާގި ކަމާއި މުރާލި ކަމާއިއެކު ކަމަށް ކަމޭ ހިތައިގެން މަސައްކަތް ކުރުން، ރުޅިމަޑުކަމާއި އެހެންމީހުނަށް ރީތިކޮށް މުޢާމަލާތު ކުރަން އެނގުން
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ލިބިފައިވާ ތަޢުލީމް
- މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ތަމްރީން
- މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ
- އިންޓަރވިއު / ޕްރެކްޓިކަލްސް
ހުށަހަޅަންޖެހޭ ލިއުންތައް:
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށްއެދޭ ފޯމް
- ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެފޯނު ނަމްބަރާއި އީ މެއިލް އެޑްރެސް ހިމެނޭގޮތައް)
- ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
ވަޒީފާއަށްއެދޭ ފޯމް ރ. ދުވާފަރު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 މާރިޗު 2020 އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ރ. ދުވާފަރު ކައުންސިލްގެ އިދާރާ އަށެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.
އިންޓަރވިއު އޮންނާނެ ތަނާއި ސުންގަޑި:
މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު ކުރުން އޮންނާނެ ތާރީޚް އާއި ގަޑި ފަހުން އެންގޭނެއެވެ.
ޝޯރޓް ލިސްޓް ކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުން:
މި ވަޒީފާއަށް ހުށަހެޅުމުގައި އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ފޯނުނަމްބަރ: 6582701 އަދި 7499914 އަށް ގުޅުއްވުން އެދެމެވެ
09 ރަޖަބު 1441
04 މާރިޗު 2020