މަޤާމު:
|
ސިސްޓަމް އެޑްމިނިސްޓްރޭޓަރ
|
ބޭނުންވާ ޢަދަދު: 1
|
މުސާރަ
|
މަހަކު 12687.50 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު 5437.50 ރުފިޔާ
|
އޮފީސް
|
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
|
މަސައްކަތްކުރަން ޖެހޭ ތަން:
|
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (މެއިން ކެމްޕަސް)
|
ސްޕައިން ޕޮއިންޓް
|
40
|
މަޤާމުގެ ޝަރްޠުތައް:
|
- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ގުޅޭ ދާއިރާއިން ލިބިފައިވުން
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
|
- ޔުނިވަރސިޓީގެ ސްޓޫޑެންޓް މެނޭޖްމަންޓް ސިސްޓަމާއި، އެޗް. އާރް. ސިސްޓަމް، ޖޮބްޕޯރޓަލް އަދި އެހެނިހެން ސޮފްޓްވެއަރތަކުގެ އެންމެހާ ކަންކަން ބަލަހައްޓާ، ސިސްޓަމާއި ގުޅޭގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
- ޔުނިވަރސިޓީގެ ސްޓޫޑެންޓް މެނޭޖްމަންޓް ސިސްޓަމާއި، އެޗް. އާރް. ސިސްޓަމާއި އަދި އެހެނިހެން ސޮފްޓްވެއަރތަކުގެ، ނެޓްވަރކްގެ ސެކިއުރިޓީ ބެލެހެއްޓަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން.
- ޔުނިވަރސިޓީގެ ސްޓޫޑެންޓް މެނޭޖްމަންޓް ސިސްޓަމާއި، އެޗް. އާރް. ސިސްޓަމާ އަދި އެހެނިހެން ސޮފްޓްވެއަރތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފޭނެގޮތްތައް، އެމަސައްކަތުގައި ޝާމިލްވާ ފަރާތްތަކަށް މައުލޫމާތު ދީ، ތަމްރީން ހިންގުން.
- ޔުނިވަރސިޓީއަށް ހޯދާ އެހެނިގެން ސޮފްޓްވެއަރ ބެލެހެއްޓުމާއި، ޔުނިވަރސިޓީއަށް ބޭނުންވާ ގޮތަށް ބައްޓަންކޮށްގެން އެފަދަ ސޮފްޓްވެއަރ ލިޔުމާއި، އިތުރަށް ތަރައްޤީ ކުރުމާއި، ތަނުގެ ބޭނުމަށް ހޯދަންޖެހޭ ސްފްޓްވެއަރ ދެނެގަނެ އެހޯދުމަށް އެހީތެރިވުން.
- ޔުނިވަރސިޓީއަށް ބޭނުންވާ އެންމެހާ ސޮފްޓްވެއަރ ފަރުމާކުރުން.
- ނެޓްވަރކް ތަރައްޤީ ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- އައި. ސީ. ޓީ ގެ ދާއިރާއިން އަލަށް ތައާރަފްވާ ޓެކްނޮލޮޖޯ ދެނެގަނެ، އޭގެ ތެރެއިން ޔުނިވަރސިޓީއަށް ފައިދާ ކުރާނެ ކަންކަން ދަސްކޮށް، ޔުނިވަރސިޓީން އަންގާ ގޮތަށް ޔުނިވަރސިޓީއަށް އެކަންކަން ތައާރަފް ކުރުން.
ޔުނިވަރސިޓީގައި ކުރެވޭ އެކިއެކި މުހިންމު މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ، ޔުނިވަރސިޓީއަށް އެހީތެރިކަން ދިނުމާއި، ހަވާލުކުރެވޭ މަސައްކަތްތައް ފަރުވާތެރިކަމާއިއެކު ކުރުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
- ލިބިފައިވާ ހުނަރު (އިންޓަރވިއު އަދި ޕްރެކްޓިކަލްސް)
|
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް:
|
- މި ޔުނިވަރސިޓީގެ ވަޒީފާއަށް އެދިލައްވާނީ ޔުނިވަރސިޓީގެ ޖޮބް ޕޯޓަލް jobs.ium.edu.mv މެދުވެރިކޮށެވެ. މިނޫން ގޮތަކަށް ފޮނުވޭ އެޕްލިކޭޝަން ފޯމުތައް ބަލައި ނުގަނެވޭނެވާހަކަ ދެންނެވީމެވެ.
- ޕޯޓަލްއަށް އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ. މިނޫންގޮތަކަށް ހުންނަ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.
- އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
|
އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް:
|
- 16 މާރިޗު 2020 ވަނަ ދުވަހުގެ 23:59 އަށް
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
- މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 8:00 އާއި 22:00 ދެމެދު ދުވާލަކު 06 ގަޑިއިރު އިރުއެވެ. އަދި އެމުވައްޒަފަކު ހޮނިހިރު ދުވަހުވެސް މަސައްކަތަށް ހާޒިރުވާން ޖެހޭނެއެވެ.
- މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 16 މާރިޗު 2020 އިން 15 އޭޕްރީލް 2020 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3022116 ނަންބަރު ފޯނާއެވެ.
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
|